Loading…
ޚަބަރު

މޯލްޑިވިއަނުން ށ. ފުނަދުއަށް ކުރާ ދަތުރުތައް އިތުރުކޮށްފި

މޯލްޑިވިއަނުން ށ. ފުނަދުއަށް ކުރާ ދަތުރުތައް އިތުރުކޮށްފި

xr:d:DAEHkR9jzOM:10355,j:4288197394,t:23050907

ގައުމީ އެއާލައިން މޯލްޑިވިއަނުން ށ. ފުނަދުއަށް ކުރާ ދަތުރުތައް އިތުރުކޮށް، ހަފްތާއަކު ހަތަރު ދަތުރު ކުރަން ނިންމާފައިވާ ކަމަށް މިއަދު ވަނީ ހާމަކޮށްފައެވެ. މި އިތުރުކުރުމާއެކު، ށ. އަތޮޅުގެ ރައްޔިތުންނަށް ދަތުރުފަތުރުގެ ފަސޭހަ ބޮޑުވެގެންދާނެއެވެ.

މޯލްޑިވިއަނުން އެކްސް (ކުރީގެ ޓްވިޓާ) ގައި ކުރި ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި މާލެއިން ށ. ފުނަދުއަށް ކުރާ ދަތުރުތައް މިހާރު ހަފްތާއަކު ހަތަރު ދަތުރަށް ވަނީ އިތުރުކޮށްފައެވެ. މި ދަތުރުތައް ކުރުމަށް ހަމަޖެހިފައި ވަނީ ކޮންމެ ހަފުތާއެއްގެ ވެސް އާދީއްތަ، އަންގާރަ، ބުރާސްފަތި އަދި ހޮނިހިރު ދުވަހުއެވެ.

މި އިތުރުކުރުމުގެ ކުރިން މޯލްޑިވިއަނުން ފުނަދޫ އެއާޕޯޓަށް ކުރަމުން ދިޔައީ ހަފުތާއަކު ތިން ދަތުރެވެ. ދަތުރުތައް އިތުރުވުމަކީ ވިޔަފާރިތަކަށާއި، ސިއްހީ އަދި އެހެނިހެން ބޭނުންތަކަށް މާލެއަށް ދަތުރުކުރާ ފަރާތްތަކަށް ލިބޭނެ ވަރަށް ބޮޑު ލުއިފަސޭހައެކެވެ.

ފުނަދޫ އެއާޕޯޓުގެ ހިދުމަތް ފެށިފައިވަނީ 2020 ވަނަ އަހަރުގެ ތެރޭގައެވެ. ގައުމީ އެއާލައިނުން ދަތުރުތައް އިތުރުކުރުމަކީ ރާއްޖޭގެ އެތެރޭގެ ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.

އިޝްތާރާ

މި ލިޔުން ކިޔާލުމުން އިހުސާސް ކުރެވުނީ ކިހިނެއް؟

ލިޔުމަށް ޚިޔާލު ހުށަހެޅުން

  • މި ވަގުތާ ހަމައަށް އެއްވެސް ޚިޔާލެއް ނެތް

ޚިޔާލު ޝާއިޢުކުރެވޭނީ އެޑިޓަރަކު ބެއްލެވުމަށްފަހު، ޚިޔާލު ޝާއިއުކުރުމުގެ މިންގަނޑަށް ފެތޭ ނަމައެވެ.