Loading…
ހޮޅުއަށި

އާޖެންޓީނާގެ މެޗުތައް ބަލަނީ މެސީގެ ސަބަބުންނެއް ނޫން، ރައީސް މިލެއި އާ އޮތް ގާތްކަމުން: ނަތަންޔާހޫ

އާޖެންޓީނާގެ މެޗުތައް ބަލަނީ މެސީގެ ސަބަބުންނެއް ނޫން، ރައީސް މިލެއި އާ އޮތް ގާތްކަމުން: ނަތަންޔާހޫ

އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާޖެންޓީނާގެ ގައުމީ ފުޓްބޯޅަ ޓީމަށް ސަޕޯޓްކުރަނީ އެ ޓީމުގެ ކެޕްޓަން ލިއޮނެލް މެސީގެ ސަބަބުން ނޫން ކަމަށާއި، އެއީ އެ ގައުމުގެ ރައީސް ހާވިއޭ މިލެއި އަކީ އޭނާގެ ގާތް ރަހުމަތްތެރިއަކަށް ވާތީ ކަމަށް ބުނެފިއެވެ. ނަތަންޔާހޫ މިހެން ބުނެފައިވަނީ އިސްރާއީލުގެ ސްޓޭންޑް-އަޕް ކޮމީޑިއަން ބެން ބެން ބަރޫކް ހޯސްޓްކުރާ "ދަ މޯޖޯ ޕޮޑްކާސްޓް" (The MOJO Podcast) ގައި ބައިވެރިވެ ވާހަކަދައްކަމުންނެވެ.

މި ޕޮޑްކާސްޓްގެ އެޕިސޯޑް #370 ގައި ވާހަކަދައްކަމުން ނަތަންޔާހޫ ބުނީ އޭނާ އާޖެންޓީނާގެ މެޗުތައް ބަލަނީ ކޮންމެހެން މެސީގެ ސަބަބުންނެއް ނޫން ކަމަށެވެ. "އަހަރެން އާޖެންޓީނާގެ މެޗުތައް ބަލަނީ ކޮންމެހެން މެސީގެ ސަބަބުންނެއް ނޫން. އޭގެ ކުރިން އާޖެންޓީނާގެ ރައީސް އަކީ ގާތް ރަހުމަތްތެރި އަކަށް ވާތީ"، ނަތަންޔާހޫ ބުންޏެވެ. 8 ޖުލައި 2026 ގައި ނެރުނު މި ޕޮޑްކާސްޓްގައި އޭނާ ވަނީ އާޖެންޓީނާގެ ރައީސް ހާވިއޭ މިލެއިއަށް ވަރަށް ބޮޑަށް ތައުރީފުކޮށްފައެވެ.

މިލެއި އަކީ 'ސުޕަސްޓާރެއް'

ނަތަންޔާހޫ ވަނީ ރައީސް މިލެއި އަކީ "ސުޕަސްޓާރެއް" ކަމަށް ސިފަކޮށް، އޭނާއަކީ އިސްރާއީލުގެ ވަރަށް ގާތް އެކުވެރިއެއް ކަމަށް ބުނެފައެވެ. ސިޔާސީ ގޮތުން ދެ ގައުމުގެ ދެމެދުގައި އޮތް ބަދަހި ގުޅުމުގެ ސަބަބުން އާޖެންޓީނާގެ ޓީމަށް އޮތް ޝައުގުވެރިކަން ބޮޑުވެފައިވާކަން އޭނާގެ ވާހަކައިން ފާހަގަކުރެވުނެވެ.

މެސީއަށްވުރެ ބޮޑަށް ސިޔާސީ ގުޅުމަށް އިސްކަންދޭކަމަށް ބުނި ނަމަވެސް، ނަތަންޔާހޫ ވަނީ އާޖެންޓީނާގެ ފުޓްބޯޅަ ޓީމުގެ ފެންވަރު ފާހަގަކޮށްފައެވެ. އޭނާ ބުނި ގޮތުގައި އާޖެންޓީނާގައި މިހާރު އޮތީ ވަރަށް ރަނގަޅު ޓީމެކެވެ. އަދި އެ ޓީމުގައި ތަޖުރިބާކާރު މޮޅު ކުޅުންތެރިންތަކެއް ތިބިކަންވެސް އޭނާ ފާހަގަކުރިއެވެ.

ދުނިޔޭގެ ފުޓުބޯޅަ ޢީދާއި، ދުނިޔޭގެ ދެ ލީޑަރެއްގެ ދެމެދުގައި އޮތް ސިޔާސީ ގުޅުން މިގޮތަށް ގުޅުވާލުމުން ނަތަންޔާހޫގެ މި ވާހަކަތަކަށް ގިނަ ބައެއްގެ ސަމާލުކަން ވަނީ ލިބިފައެވެ. ވޯލްޑް ކަޕާ ގުޅޭގޮތުން އޭނާ ދެއްކި މި ވާހަކަތައް މިހާރު ދަނީ ސޯޝަލް މީޑިއާގައި ވައިރަލްވަމުންނެވެ.

އިޝްތާރާ

މި ލިޔުން ކިޔާލުމުން އިހުސާސް ކުރެވުނީ ކިހިނެއް؟

ލިޔުމަށް ޚިޔާލު ހުށަހެޅުން

  • މި ވަގުތާ ހަމައަށް އެއްވެސް ޚިޔާލެއް ނެތް

ޚިޔާލު ޝާއިޢުކުރެވޭނީ އެޑިޓަރަކު ބެއްލެވުމަށްފަހު، ޚިޔާލު ޝާއިއުކުރުމުގެ މިންގަނޑަށް ފެތޭ ނަމައެވެ.