Loading…
ޚަބަރު

މާލެ ސިޓީ ކައުންސިލަށް އަލިފުށީ ކައުންސިލުން ގަސް ހަދިޔާކުރަން މަޝްވަރާކޮށްފި

މާލެ ސިޓީ ކައުންސިލަށް އަލިފުށީ ކައުންސިލުން ގަސް ހަދިޔާކުރަން މަޝްވަރާކޮށްފި

މާލެ ސިޓީ ކައުންސިލަށް ރ. އަލިފުށީ ކައުންސިލުން ގަސް ހަދިޔާކުރަން މަޝްވަރާކޮށްފިއެވެ.
މާލެ ސިޓީ ކައުންސިލާއި އަލިފުށީ ކައުންސިލާ ދެމެދު އޮތް ގުޅުން ބަދަހިކޮށް، އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅޭގޮތުން މާލޭގެ މޭޔަރު އާދަމް ޢާޒިމްއާއެކު 21 ޖުލައި 2026 ވީ އަންގާރަ ދުވަހު މާލެ ސިޓީ ކައުންސިލްގެ އިދާރާގައި ވަނީ ބައްދަލުވުމެއް ބާއްވާފައެވެ.
މި ބައްދަލުވުމުގައި ދެ ކައުންސިލް ގުޅިގެން ކުރެވިދާނެ ކަންތައްތަކާބެހޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެވުނު ކަމަށް މޭޔަރު ޢާޒިމް ވިދާޅުވިއެވެ.
މީގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ މާލެ ސިޓީ ކައުންސިލަށް އަލިފުށީ ކައުންސިލުން ގަސް ހަދިޔާކުރުމާ ގުޅޭގޮތުން ކުރެވުނު މަޝްވަރާތަކެވެ.
މޭޔަރު ޢާޒިމް ވަނީ އަލިފުށީ ކައުންސިލްގެ މެމްބަރުން މާލެ ވަޑައިގެން ބައްދަލުކުރެއްވި ކަމަށްޓަކައި އެ ބޭފުޅުންނަށް ޝުކުރު އަދާކުރައްވާފައެވެ.
"ރާއްޖޭގެ އެކި ކައުންސިލްތަކުގެ މެމްބަރުންނާ މި ގޮތަށް ބައްދަލުކުރަން ލިބޭ ކޮންމެ ފުރުޞަތަކީ، އަޅުގަނޑު ނުހަނު އުފަލާއެކު ބަލައިގަންނަ ފުރުޞަތެއް،" މޭޔަރ ވިދާޅުވިއެވެ.
މާލެ ސިޓީ ކައުންސިލުން ބުނީ މި ފަދަ ބައްދަލުވުންތަކުގެ ސަބަބުން ރާއްޖޭގެ އެކި ދާއިރާތަކުގެ ކައުންސިލްތަކުގެ މެދުގައި އޮންނަ ގުޅުން އިތުރަށް ހަރުދަނާވެ، އެއް ކައުންސިލުން އަނެއް ކައުންސިލަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަގު ފަހިވެގެންދާނެ ކަމަށް ބެލެވޭ ކަމަށެވެ.
މި ބައްދަލުވުމުގައި މޭޔަރ ޢާޒިމްގެ އިތުރުން މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު މީކާއީލް މުޙައްމަދު ރިޔާޟް އަދި މާލެ ސިޓީ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް އަބްދުލް މުހައިމިން ނަސީރު ބައިވެރިވެވަޑައިގެންނެވިއެވެ.

އިޝްތާރާ

މި ލިޔުން ކިޔާލުމުން އިހުސާސް ކުރެވުނީ ކިހިނެއް؟

ލިޔުމަށް ޚިޔާލު ހުށަހެޅުން

  • މި ވަގުތާ ހަމައަށް އެއްވެސް ޚިޔާލެއް ނެތް

ޚިޔާލު ޝާއިޢުކުރެވޭނީ އެޑިޓަރަކު ބެއްލެވުމަށްފަހު، ޚިޔާލު ޝާއިއުކުރުމުގެ މިންގަނޑަށް ފެތޭ ނަމައެވެ.