Loading…
ޚަބަރު

ރައީސްއާ ބައްދަލުކުރަން ނަން ނޯޓުކުރުން އިތުރު 4 ދާއިރާއަކަށް ހުޅުވާލައިފި

ރައީސްއާ ބައްދަލުކުރަން ނަން ނޯޓުކުރުން އިތުރު 4 ދާއިރާއަކަށް ހުޅުވާލައިފި
ރައީސް އޮފީހުން އިސްނަގައިގެން، ރައްޔިތުންގެ ކަންބޮޑުވުންތަކާއި ޚިޔާލުތައް ސީދާ ރައީސަށް އިއްވުމަށް ޖުލައި 13 ގައި ފެށި މި މަޝްރޫއަކީ ރާއްޖޭގެ ހުރިހާ 93 އިންތިޚާބީ ދާއިރާއަކަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ހަރަކާތެކެވެ. މި ހަތަރު ދާއިރާގެ ރައްޔިތުންނަށް ނަން ނޯޓުކުރުމުގެ ފުރުސަތު، ރައީސް އޮފީހުގެ ޚާއްސަ ޕޯޓަލް މެދުވެރިކޮށް ހޯމަ ދުވަހުގެ ރޭގަނޑު 12:00 އާ ހަމައަށް އޮންނާނެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާ ސީދާ ބައްދަލުކޮށް ރައްޔިތުންގެ ކަންބޮޑުވުންތަކާއި ޚިޔާލުތައް ހިއްސާކުރުމަށް ބާއްވާ "ރައްޔިތުންގެ އަޑު" ސިލްސިލާގައި ބައިވެރިވުމަށް ނަން ނޯޓުކުރުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ރައީސް އޮފީހުން އިސްނަގައިގެން ކުރިއަށްގެންދާ މި ޕްރޮގްރާމަކީ ވީހާވެސް ގިނަ ރައްޔިތުންނަށް ރައީސްއާ ބައްދަލުކުރުމުގެ މަގު ފަހިކޮށްދިނުމުގެ މަގުސަދުގައި ފެށި ޚާއްސަ ހަރަކާތެކެވެ.

ރައީސް އޮފީހުން ހާމަކުރި އިތުރު 4 ދާއިރާ:

  • މާފަންނު ދެކުނު ދާއިރާ

  • ރާ އުނގޫފާރު ދާއިރާ

  • ހާ އަލިފު ކެލާ ދާއިރާ

  • ފުވައްމުލަކު ދެކުނު ދާއިރާ

  • ރައީސް އޮފީހުގެ ވެބްސައިޓުގައިވާ ޚާއްސަ ޕޯޓަލްއެއް މެދުވެރިކޮށް ޝަރުތުހަމަވާ ރައްޔިތުންނަށް މިހާރު ނަން ނޯޓުކުރެވޭނެއެވެ. ފޯމު ހުށަހެޅުމުގެ އެންމެ ފަހު ވަގުތަކީ ހޯމަ ދުވަހުގެ ރޭގަނޑު 12:00 އެވެ.

  • ޖުލައި 13 ގައި ފެށި "ރައްޔިތުންގެ އަޑު" ސިލްސިލާއަކީ ރާއްޖޭގެ ހުރިހާ 93 އިންތިޚާބީ ދާއިރާއެއްގެ ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުކޮށް، އެމީހުންގެ ޚިޔާލުތައް ސީދާ ހިއްސާކުރުމުގެ ފުރުސަތު ދިނުމަށް ފެށި ހަރަކާތެކެވެ.

  • މި ސިލްސިލާގެ ފުރަތަމަ ބުރު ހުޅުވާލާފައިވަނީ ހުޅުމާލެ އުތުރު، ހުޅުމާލެ މެދު، ސީނު ހުޅުދޫ އަދި ހާ އަލިފު ހޯރަފުށި ދާއިރާގެ ރައްޔިތުންނަށެވެ.

  • ރައީސް އޮފީހުން ހާމަކުރި ގޮތުގައި މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުރިއަށްގެންދާ މި ސިލްސިލާގެ ބޭނުމަކީ، ރައްޔިތުންގެ އަޑު ސީދާ ރައީސަށް އިއްވުމުގެ ފުރުސަތު ފަހިކޮށްދީ، ރައްޔިތުންނާ ބާއްވާ ގުޅުން އިތުރަށް ބަދަހިކުރުމެވެ.



އިޝްތާރާ

މި ލިޔުން ކިޔާލުމުން އިހުސާސް ކުރެވުނީ ކިހިނެއް؟

ލިޔުމަށް ޚިޔާލު ހުށަހެޅުން

  • މި ވަގުތާ ހަމައަށް އެއްވެސް ޚިޔާލެއް ނެތް

ޚިޔާލު ޝާއިޢުކުރެވޭނީ އެޑިޓަރަކު ބެއްލެވުމަށްފަހު، ޚިޔާލު ޝާއިއުކުރުމުގެ މިންގަނޑަށް ފެތޭ ނަމައެވެ.