Loading…
ޚަބަރު

އިޖުތިމާޢީ ޚިދުމަތްތެރިޔާ އާމިނަތު އިބްރާހީމް ނިޔާވުމާ ގުޅިގެން ވާދޫ ކައުންސިލުން ތަޢުޒިޔާ ފޮނުވައިފި

އިޖުތިމާޢީ ޚިދުމަތްތެރިޔާ އާމިނަތު އިބްރާހީމް ނިޔާވުމާ ގުޅިގެން ވާދޫ ކައުންސިލުން ތަޢުޒިޔާ ފޮނުވައިފި

އިޖުތިމާޢީ ޚިދުމަތްތެރިޔާ އާމިނަތު އިބްރާހީމް (102އ) ނިޔާވުމާ ގުޅިގެން، ރ. ވާދޫ ކައުންސިލުން ތަޢުޒިޔާ ފޮނުއްވައިފި--

މާޅޮސްމަޑުލު އުތުރުބުރީ ވާދޫގައި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ނާއިބު ރައީސާކަން ގިނަ ދުވަސްތަކެއް ވަންދެން ކުރެއްވި، އެ ރަށު ސޯސަންގެ، އާމިނަތު އިބްރާހީމް 102އ) ނިޔާވުމާ ގުޅިގެން، ރ. ވާދޫ ކައުންސިލުން ތަޢުޒިޔާ ފޮނުއްވައިފިއެވެ.

އާމިނަތު އިބްރާހިމް ނިޔާވެފައިވަނީ މިއަދުގެ ވަގުތެއްގައެވެ.

އާމިނަތު އިބްރާހީމަކީ 1980 ގެ އަހަރުތަކުގައި ވާދޫގައި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ އުފެދުނީއްސުރެ، އެ ކޮމެޓީގައި އެންމެ ދިގު މުއްދަތަކަށް ނާއިބު ރައީސާގެ މަގާމު ފުރުއްވާފައިވާ ބޭފުޅެކެވެ. އޭނާއަކީ ވާދޫގެ އިޖުތިމާއީ ކަންކަމުގައި ނަމޫނާ މަސައްކަތްތަކެއް ކުރައްވާފައިވާ، ރަށުގެ ތަރައްޤީއަށް ބޮޑެތި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ފަރާތެކެވެ.

މި ވަކިވުމާ ގުޅިގެން ވާދޫ ކައުންސިލުން ނެރުނު ތައުޒިޔާގެ މެސެޖުގައި ބުނެފައިވަނީ، މިއީ މުޅި ރަށަށް ލިބުނު ފުން ހިތާމައެއް ކަމަށެވެ. ވާދޫ ކައުންސިލާއި، ކައުންސިލްގެ އެންމެހާ މުވައްޒަފުން އަދި ރަށުގެ ރައްޔިތުންގެ ނަމުގައި މަރުޙޫމާގެ އާއިލާއަށް ވަނީ ތައުޒިޔާ ފޮނުވާފައެވެ.ކައުންސިލްގެ މެސެޖު ނިންމާލަމުން ދުޢާކޮށްފައިވަނީ "މަރުޙޫމާގެ ފުރާނައަށް މާތްﷲ ރަޚްމަތްލައްވާ، ޖަންނަތުލް ފިރުދައުސްގެ މަތިވެރި ނިޢުމަތް މިންވަރު ކުރައްވައި، ޢާއިލާއަށް ކެތްތެރިކަން ދެއްވުން" އެދިއެވެ.


ފާހަގަކޮށްލަންޖެހޭ ގޮތުގައި، އާމިނަތު އިބްރާހީމްއަކީ ވާދޫގެ ރަޖިސްޓަރީގައި ތިބި އުމުރުން 100 އަހަރަށްވުރެ މަތީގެ މަދު މީހުންގެ ތެރެއިން އެކަކެވެ.

އިޝްތާރާ

މި ލިޔުން ކިޔާލުމުން އިހުސާސް ކުރެވުނީ ކިހިނެއް؟

ލިޔުމަށް ޚިޔާލު ހުށަހެޅުން

  • މި ވަގުތާ ހަމައަށް އެއްވެސް ޚިޔާލެއް ނެތް

ޚިޔާލު ޝާއިޢުކުރެވޭނީ އެޑިޓަރަކު ބެއްލެވުމަށްފަހު، ޚިޔާލު ޝާއިއުކުރުމުގެ މިންގަނޑަށް ފެތޭ ނަމައެވެ.