Loading…
ޚަބަރު

ޑްރޯންގެ އެހީގައި އަތުލައިގަތް ލަންކާގެ ބޯޓުގައި ހުރީ ޑްރަގް!

ޑްރޯންގެ އެހީގައި އަތުލައިގަތް ލަންކާގެ ބޯޓުގައި ހުރީ ޑްރަގް!

ގަވާއިދާ ޚިލާފަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަދެ އުޅެނިކޮށް، ދިވެހި ސިފައިންގެ ޑްރޯންގެ އެހީގައި އިއްޔެ އަތުލައިގަތް ސްރީލަންކާގެ ބޯޓުގައި  300 ކިލޯއާ ގާތް ކުރާ އަދަދަކަށް މަސްތުވާތަކެތި ހުރިކަމަށް މީޑިއާތަކުން ރިޕޯޓްކޮށްފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ އަތުލައިގަތް ލަންކާގެ ބޯޓުތަކުން މަސްތުވާތަކެތި ފެނިފައިވާކަން މީޑިއާތަކަށް ކަށަވަރުކޮށްދީފައެވެ. މިކަމާއި ގުޅޭ އިތުރު ތަފްސީލެއް ފުލުހުން އަދި ހާމައެއްް ނުކުރެއެވެ.ދިވެހިރާއްޖޭގެ ޚާއްޞަ އިގުތިސާދީ ސަރަހައްދުގައި ޤާނޫނާ ޚިލާފަށް ހަރަކާތްތެރިވަމުންދިޔަ ސްރީލަންކާގެ ދެ މަސްބޯޓެއް އެމްއެންޑީއެފް ކޯސްޓްގާޑުން އަތުލައިގަތީ ދިވެހިރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދު ޕެޓްރޯލްކުރުމުގެ މަސައްކަތުގެ ތެރެއިންނެވެ.

ސްރީލަންކާއަށް ނިސްބަތްވާ މި ބޯޓުތައް އެމްއެންޑީއެފް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ނޮވެންބަރު 5 ވަނަ ދުވަހުގެ ރޭގަނޑު  ވ.ފޮއްތެޔޮމުލީގެ އިރުން 137 ނޯޓިކަލް މޭލު ބޭރުގައި ހަރަކާތްތެރިވަމުން ދަނިކޮށެވެ.

ރައީސް ޑރ މުހައްމަދު މުއިއްޒު ތައާރަފުކޮށްދެއްވީ ސިފައިންގެ އެއަރކޯއާއެކު،24 ގަޑިއިރު ރާއްޖޭގެ ކަނޑުގެ ސަރަހައްދު ދިވެހި ސިފައިންނަށް ބެލެހެއްޓުމުގެ ބާރު ވަނީ ލިބިފައެވެ.

އިޝްތާރާ

މި ލިޔުން ކިޔާލުމުން އިހުސާސް ކުރެވުނީ ކިހިނެއް؟

ލިޔުމަށް ޚިޔާލު ހުށަހެޅުން

  • މި ވަގުތާ ހަމައަށް އެއްވެސް ޚިޔާލެއް ނެތް

ޚިޔާލު ޝާއިޢުކުރެވޭނީ އެޑިޓަރަކު ބެއްލެވުމަށްފަހު، ޚިޔާލު ޝާއިއުކުރުމުގެ މިންގަނޑަށް ފެތޭ ނަމައެވެ.