Loading…
ޚަބަރު

މުދާ ބަރުކޮށްގެން ދަތުރުކުރި ބޯޓެއް ފަރަށް އަރައި، އަޑިއަށް ދަނީ

މުދާ ބަރުކޮށްގެން ދަތުރުކުރި ބޯޓެއް ފަރަށް އަރައި، އަޑިއަށް ދަނީ

Screenshot

މާލެއިން ހުވަދޫ އަތޮޅަށް މުދާ ހިފައިގެން ދަތުރުކުރި ބޯޓެއް ފަރަށް އަރައި، އޭގެ ބޮޑު ބައެއް އަޑިއަށް ގޮސްފިއެވެ.

ގދ. ފަރެސްމާތޮޑާއަށް ދަތުރުކުރަމުން ދިޔަ ”ފަހިރޯޅި“ ނަމަކަށް ކިޔާ ބޯޓު ފަރަށް އެރި ކަމުގެ ރިޕޯޓު ނޮވެމްބަރ 7 ވަނަ ދުވަހުގެ ފަތިހު 05:01 އެހާކަންހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވެއްޖެއެވެ.

ފުލުހުންގެ މީޑިއާ އިން ހާމަކުރި ގޮތުގައި، ޖުމްލަ 12 މީހުންނާއެކު ދަތުރުކުރަމުން ދިޔަ ބޯޓެއްގައި ތިބި އެންމެން ވަނީ ފުލުހުންގެ އެހީތެރިކަމާއެކު ވ. ފެލިދޫއަށް ސަލާމަތުން ގެންގޮސްފައެވެ.

ފުލުހުން ބުނާ ގޮތުގައި ފަރަށް އެރި ބޯޓުގެ މައްޔާ ފަޅައިގެން ގޮސް، ބޮޑު ބައެއް އަޑިއަށް ގޮސްފައިވާތީ ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެއެވެ.

އިޝްތާރާ

މި ލިޔުން ކިޔާލުމުން އިހުސާސް ކުރެވުނީ ކިހިނެއް؟

ލިޔުމަށް ޚިޔާލު ހުށަހެޅުން

  • މި ވަގުތާ ހަމައަށް އެއްވެސް ޚިޔާލެއް ނެތް

ޚިޔާލު ޝާއިޢުކުރެވޭނީ އެޑިޓަރަކު ބެއްލެވުމަށްފަހު، ޚިޔާލު ޝާއިއުކުރުމުގެ މިންގަނޑަށް ފެތޭ ނަމައެވެ.