Loading…
ޚަބަރު

އަނެއްކާވެސް ފުރްގާން މިސްކިތަށް ގެއްލުން ދީފި

އަނެއްކާވެސް ފުރްގާން މިސްކިތަށް ގެއްލުން ދީފި

މާލޭ، އަމީނީ މަގުގައި ހުންނަ ފުރްގާން މިސްކިތުގެ ބިއްލޫރިގަނޑަށް ގެއްލުންދީފިއެވެ.

ފުލުހުންނަށް މި މައްސަލައިގެ މައުލޫމާތު ލިބިފައި ވަނީ ރޭ ދަންވަރު 2:20 ހާއިރުކަމަށް މޯލްޑިވްސް ޕޮލިސް ސާވިސަސްއިން ވިދާޅުވިއެވެ.
ކުރީގައިވެސް ފުރުގާން މިސްކިތަށް ގެއްލުން ދިނުމުގެ ހާދިސާތައް ހިނގާފައިވެއެވެ. ވޭތުވެދިޔަ އަހަރުގެ ނޮވެމްބަރު މަހުގައި މިސްކިތަށް ގެއްލުން ދީ، އެ މިސްކިތުގެ ތެރޭގައި ހުރި ހަތިމުތައް ހަލާކުކޮށް އުކާލުމާ ގުޅިގެން ފުލުހުންގެ ތަޙްޤީޤަށް މީހަކު ބަންދުކުރެވުނެވެ.

އިޝްތާރާ

މި ލިޔުން ކިޔާލުމުން އިހުސާސް ކުރެވުނީ ކިހިނެއް؟

ލިޔުމަށް ޚިޔާލު ހުށަހެޅުން

  • މި ވަގުތާ ހަމައަށް އެއްވެސް ޚިޔާލެއް ނެތް

ޚިޔާލު ޝާއިޢުކުރެވޭނީ އެޑިޓަރަކު ބެއްލެވުމަށްފަހު، ޚިޔާލު ޝާއިއުކުރުމުގެ މިންގަނޑަށް ފެތޭ ނަމައެވެ.