Loading…
ޚަބަރު

ފުލުހުންގެ ކޮއްތު ފައިސާ އަމިއްލަ އެކައުންޓަށް ޖަމާކުރި މައްސަލައިގައި ހަތަރު މީހަކު ސަސްޕެންޝަނަށް!

ފުލުހުންގެ ކޮއްތު ފައިސާ އަމިއްލަ އެކައުންޓަށް ޖަމާކުރި މައްސަލައިގައި ހަތަރު މީހަކު ސަސްޕެންޝަނަށް!

ށ.މިލަންދޫގައި މަސައްކަތްކުރާ ފުލުހުންތަކެއްގެ އަމިއްލަ އެކައުންޓަށް ގިނަ އަދަދެއްގެ ފައިސާ ޖަމާކޮށްފައިވާ މައްސަލާގައި ހަތަރު ފުލުހަކު މައްސަަލަ ނިމެންދެން ވަޒީފާއިން އެކަހެރިކޮށްފިއެވެ.

ފުލުހުން ބުނީ މިލަންދޫ ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ ފުލުހުންތަކެއްގެ ބޭންކް އެކައުންޓަށް ގިނަ އަދަދެއްގެ ފައިސާ ޖަމާކޮށްފައިވާ މައްސަލައެއް ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑް އިން ބެލުމަށް ފަހު ޑިސިޕްލިނަރީ ބޯޑަށް ހުށަހެޅުމުން ހަތަރު ފުލުހަކު ވަޒީފާއިން އެކަހެރިކޮށްފައިވާކަމަށެވެ

.އެހެންވެ، އެ މައްސަލައިގެ އިސްތިއުނާފު މަރުހަލާ ނިމެންދެން އެ މުވައްޒަފުން ވަނީ ވަޒީފާއިން އެކަހެރިކޮށްފައެވެ.އެ މައްސަލައިގައި ބައިވެރިވި ފުލުހުންގެ އަދަދާއި، އެ ފުލުހުން ބޭނުންކޮށްފައިވާ ފައިސާގެ އަދަދެއް ވެސް ފުލުހުން މިހާތަނަކަށް ހާމައެެއް ނުކުރެއެވެ.

ސިފައިންނާއި ފުލުހުންގެ ކޮއްތަށް ދައުލަތުގެ މި އަހަރުގެ ބަޖެޓްގައި 445 މިލިއަން ރުފިޔާ ހިމަނާފައިވެ އެވެ.

އިޝްތާރާ

މި ލިޔުން ކިޔާލުމުން އިހުސާސް ކުރެވުނީ ކިހިނެއް؟

ލިޔުމަށް ޚިޔާލު ހުށަހެޅުން

  • މި ވަގުތާ ހަމައަށް އެއްވެސް ޚިޔާލެއް ނެތް

ޚިޔާލު ޝާއިޢުކުރެވޭނީ އެޑިޓަރަކު ބެއްލެވުމަށްފަހު، ޚިޔާލު ޝާއިއުކުރުމުގެ މިންގަނޑަށް ފެތޭ ނަމައެވެ.