Loading…
ޚަބަރު

21 ވަނަ ގަރުނުގެ މީޑިއާއަށް ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމްގެ ސެޝަންއެއް މިއާންޒް ކޮލެޖުގައި ކުރިއަށް ގެންގޮސްފި

21 ވަނަ ގަރުނުގެ މީޑިއާއަށް ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމްގެ ސެޝަންއެއް މިއާންޒް ކޮލެޖުގައި ކުރިއަށް ގެންގޮސްފި

ނޫސްވެރިޔާ ޒިދާން މުޙައްމަދު ކުރިއަށްގެންދާ ”21 ވަނަ ގަރުނުގެ މީޑިއާ – ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމް“ގެ ސެޝަންއެއް މިއާންޒް ކޮލެޖުގައި ކުރިއަށް ގެންގޮސްފިއެވެ.

މިއީ ނޫސްވެރިކަމާއި ޚަބަރު ފެތުރުމާ ގުޅޭ ގޮތުން އާންމުން ހޭލުންތެރިކުރުވުމަށް ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. މީގެ ކުރިން، ކ. އަތޮޅު ސްކޫލާއި، ޢަރަބިއްޔާ ސްކޫލް، އުނގޫފާރު ސްކޫލްގައި ވެސް ”21 ވަނަ ގަރުނުގެ މީޑިއާ – ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމް“ގެ ސެޝަންތައް ވެސް ކުރިއަށް ގެންދިޔައެވެ.

މި ސެޝަންތަކުގައި މައުލޫމާތު ހިއްސާކޮށްފައި ވަނީ އަސްލު ޓީވީގެ ސީނިއަރ ވީޑިއޯ ޖާނަލިސްޓް، އަދި ވާދޫ ލައިވްގެ ފައުންޑަރ ޒިދާން މުޙައްމަދުއެވެ.

”21 ވަނަ ގަރުނުގެ މީޑިއާ – ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމް“ގެ ސެޝަންގެ ތެރެއިން — ވާދޫ ލައިވް ފޮޓޯ: އިބްރާހީމް ނާއިޝް
”21 ވަނަ ގަރުނުގެ މީޑިއާ – ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމް“ގެ ސެޝަންގެ ތެރެއިން — ވާދޫ ލައިވް ފޮޓޯ: އިބްރާހީމް ނާއިޝް

ދުވަސް ނޫހުން ނޫސްވެރިކަމުގެ ދާއިރާއަށް ނުކުތް ޒިދާން މުޙަައްމަދަކީ 2017 ވަނަ އަހަރުން ފެށިގެން މެދުކެނޑުމެއް ނެތި ނޫސްވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ތަޖުރިބާ ހުރި ނޫސްވެރިއެކެވެ. ދާއިރާއަށް މީހުން ހޭލުންތެރިކުރުވުމަށް ގިނަ މަސައްކަތްތަކެއް އޭނާ ދަނީ ކުރަމުންނެވެ.

އިޝްތާރާ

މި ލިޔުން ކިޔާލުމުން އިހުސާސް ކުރެވުނީ ކިހިނެއް؟

ލިޔުމަށް ޚިޔާލު ހުށަހެޅުން

  • މި ވަގުތާ ހަމައަށް އެއްވެސް ޚިޔާލެއް ނެތް

ޚިޔާލު ޝާއިޢުކުރެވޭނީ އެޑިޓަރަކު ބެއްލެވުމަށްފަހު، ޚިޔާލު ޝާއިއުކުރުމުގެ މިންގަނޑަށް ފެތޭ ނަމައެވެ.