Loading…
ޚަބަރު

ފޯކައިދޫ ފުލުހުންގެ މަރުކަޒު އަދި އިސްލާމީ މަރުކަޒު ހިމެނޭހެން ގިނަ މަޝްރޫއުތަކެއްގެ އަމަލީ މަސައްކަތް ފަށައިފި

ފޯކައިދޫ ފުލުހުންގެ މަރުކަޒު އަދި އިސްލާމީ މަރުކަޒު ހިމެނޭހެން ގިނަ މަޝްރޫއުތަކެއްގެ އަމަލީ މަސައްކަތް ފަށައިފި

ށ.ފޯކައިދޫ ފުލުހުންގެ މަރުކަޒު އިމާރާތްކުރުމާއި، އެ ރަށުގެ އިސްލާމީ މަރުކަޒު އިމާރާތްކުރުމުގެ މަސައްކަތް ހިމެނޭހެން ގިނަ މަޝްރޫއުތަކެއްގެ އަމަލީ މަސަައްކަތް ރައީސް ޑރ މުހައްމަދު މުއިއްޒު ފައްޓަވައިދެއްވައިފިއެވެ.

ފޯކައިދޫގެ ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވައުދުތަކާ ގުޅުންހުރި ގިނަ މަޝްރޫއުތަކެއް ރައީސް ވަނީ އިއުލާނުކުރައްވާފައެވެ. އެގޮތުން ފޯކައިދޫގެ މަޝްރޫއުތަކުގެ ތެރޭގައި ސިއްހީ މަރުކަޒު ތަރައްގީ ކުރުމާއި، ފުޓްސަލް ދަނޑަކާއި ހޭންޑްބޯޅަ ދަނޑެއް އެޅުން ހިމެނެއެވެ. މީގެއިތުރުން، ސްކޫލްގެ އާ އިމާރާތެއްގެ މަސައްކަތް އަންނަ އަހަރުގެ ބަޖެޓުގައި ހިމެނުމަށް ވެސް ވަނީ ނިންމާފައެވެ.

ހަމަމިއާއެކު، އަންނަ އަހަރު އެ ރަށުގައި ގެދޮރުވެރިކަމުގެ މަޝްރޫއެއް ފަށާނެ ކަމަށާއި މޫދަށް އެރޭ ސަރަހައްދު ތަރައްގީ ކުރަން އެމްޓީސީސީއާ މިހާރު ހަވާލުކޮށްފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. ފޯކައިދޫ ފުލުހުންގެ މަރުކަޒު އިމާރާތްކުރުމުގެ މަސައްކަތުގެ އިތުރުން،  ބޮޑެތި މަގުތައް ހެދުމަށް ވެސް ވަނީ ސޮއިކޮށްފައެވެ.

އިސްލާމީ މަރުކަޒުގެ ބިންގާ އަޅުއްވައި ދެއްވީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ.ފޯކައިދޫ އިސްލާމީ މަރުކަޒުގެ މަސައްކަތް ހަވާލުކުރީ، އެމްޓީސީސީއާއެވެ. މި ޕްރޮޖެކްޓްގެ އަގަކީ 25.41 މިލިއަން ރުފިޔާ އެވެ.

އިޝްތާރާ

މި ލިޔުން ކިޔާލުމުން އިހުސާސް ކުރެވުނީ ކިހިނެއް؟

ލިޔުމަށް ޚިޔާލު ހުށަހެޅުން

  • މި ވަގުތާ ހަމައަށް އެއްވެސް ޚިޔާލެއް ނެތް

ޚިޔާލު ޝާއިޢުކުރެވޭނީ އެޑިޓަރަކު ބެއްލެވުމަށްފަހު، ޚިޔާލު ޝާއިއުކުރުމުގެ މިންގަނޑަށް ފެތޭ ނަމައެވެ.