Loading…
ޚަބަރު

ކަނޑުދަތުރުފަތުރު ކުރާއިރު އަދި އެއްގަމު އުޅަނދު ދުއްވާއިރު މޫސުމަށް ސަމާލުވޭ: ފުލުހުން

ކަނޑުދަތުރުފަތުރު ކުރާއިރު އަދި އެއްގަމު އުޅަނދު ދުއްވާއިރު މޫސުމަށް ސަމާލުވޭ: ފުލުހުން

ވިއްސާރަ ދުވަހެއް–ފޮޓޯ: އައްޑޫ ޓައިމްސް

ކަނޑު ދަތުރުފަތުރު ކުރުމުގައި އަދި އެއްގަމު އުޅަނދު ދުއްވާއިރު މޫސުމަށް ސަމާލުވުމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ ފުލުހުން ބުނީ ކަނޑުދަތުރު ކުރާ ފަރާތްތަކުން ފުރުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދުމާއި މޫސުމީ ސަމާލުތަކާ އެއްގޮތަށް އަމަލުކުރުމަށެވެ. މީގެއިތުރުން، ފުރާއިރު، އުޅަނދަށް ކަނޑައަޅާފައިވާ އަދަދަށްވުރެ އިތުރަށް މީހުންނާއި މުދާ ނޭރުވުމަށާއި އުޅަނދުގައި ސަލާމަތީ ގޮތުން ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަކުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ. ހަމަމިއާއެކު އުޅަނދުން ދަތުރުކުރާ އެންމެން ވެސް ލައިފް ޖެކެޓް އެޅުމަށާއި އެމަރޖެންސީ ހާލަތުގައި ގުޅާނޭ ނަމްބަރުތައް އުޅަނދުގައި ފެންނަހެން ބެހެއްޓުމަށް ވަނީ ބުނެފައިވެއެވެ.

މޫސުން، ގޯސްވެ ވާރޭ ވެހޭ ވަގުތުތަކު އެއްގަމު އުޅަނދު ދުއްވާ ފަރާތްތަކުންވެސް ސަމާލުވުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.އެގޮތުން، ކޮންޓްރޯލް ކުރެވޭ މިންގަނޑަށް އުޅަނދު ދުއްވުމާއި، ވިއްސާރާގައި އުޅަނދު ދުއްވާއިރު، ހެޑްލައިޓް ދިއްލުން ހިމެނެއެވެ. ފުލުހުން ބުނީ ވަޔާއެކު ހަލާކު ނުވާނެ ފަދަ ވިއްސާރަ ކޯޓު ބޭނުންކުރުމަށާއި، ބުރުގާ އަޅާ ފަރާތްތަކުން، ވަޔާއެކު ބުރުގާ މޫނުމައްޗަށް ނުދާނޭހެން ބެހެއްޓުމަށެވެ. އަދި ސައިކަލް ދުއްވާއިރު ކުޑަ ބޭނުން ނުކުރުމަށް ފުލުހުން ވަނީ އިރުޝާދު ދީފައެވެ.

މިއަންނަ ހުކުރު ދުވަހާއި ހަމައަށް މުޅި ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވާނެ ކަމަށް މެޓު އޮފީހުން ވަނީ ބުނެފައެވެ.

އިޝްތާރާ

މި ލިޔުން ކިޔާލުމުން އިހުސާސް ކުރެވުނީ ކިހިނެއް؟

ލިޔުމަށް ޚިޔާލު ހުށަހެޅުން

  • މި ވަގުތާ ހަމައަށް އެއްވެސް ޚިޔާލެއް ނެތް

ޚިޔާލު ޝާއިޢުކުރެވޭނީ އެޑިޓަރަކު ބެއްލެވުމަށްފަހު، ޚިޔާލު ޝާއިއުކުރުމުގެ މިންގަނޑަށް ފެތޭ ނަމައެވެ.