Loading…
ޚަބަރު

ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި އުދައިގެ އަސަރު ކުރުން އެކަށީގެންވޭ: މެޓް

ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި އުދައިގެ އަސަރު ކުރުން އެކަށީގެންވޭ: މެޓް

އުތުރާއި މެދުރާއްޖެތެރެއަށް މޫސުން ގޯސް—

ދިޔަވަރު ބޮޑުވާ ވަގުުތު ތަކުގައި އުދައިގެ އަސަރު ކުރުން އެކަށީގެންވާ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ އިން ބުނެފިއެވެ.

އެ އިދާރާއިން ވަނީ މާދަމާ އިން ފެށިގެން މިމަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް މޫސުން ލަފާކުރާގޮތް ހިއްސާކޮށްފައެވެ. އެގޮތުން، މި ދުވަސްތަކުގައި މޫސުން ލަފާކުރާގޮތުގައި، ވައި ބާރުވެ، ވިލާގަނޑުގައި އިތުރަށް ގަދަވާނެއެވެ. މީގެއިތުރުން، އާއްމުކޮށް ކަނޑުތައް ގަދަވެފައި ވިލާގަނޑުގައި ވެސް ގަދަވާނެ ކަމަށް ލަފާކުރެއެވެ.

މެޓު އޮފީހުން ބުނީ ރާއްޖޭގެ ސަރަހައްދަށް ހުޅަނގު މޫސުމުގެ ބާރުގަދަވެ، ހާއްސަކޮށް ދެކުނާއި މެދުރާއްޖެތެރެ ހިމެނޭ ސަރަހައްދަށް، ވައި ބާރުވެ،ކަނޑުތައް ގަދަވެފައިވާ ކަމަށެވެ. އެހެންކަމުން މި ސަރަހައްދަށް ވިއްސާރަކުރާނެ ކަމަށް ލަފާކުރެވޭތީވެ، އެންމެން އަދި ވަކިން ހާއްސަކޮށް ދަތުރުވެރިން މޫސުމާއި ބެހޭ އެންމެ ފަހުގެ މައުލޫމާތު އަދާހަމަ ކުުރުމާއެކު މޫސުމަށް ސަމާލުވުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

އިޝްތާރާ

މި ލިޔުން ކިޔާލުމުން އިހުސާސް ކުރެވުނީ ކިހިނެއް؟

ލިޔުމަށް ޚިޔާލު ހުށަހެޅުން

  • މި ވަގުތާ ހަމައަށް އެއްވެސް ޚިޔާލެއް ނެތް

ޚިޔާލު ޝާއިޢުކުރެވޭނީ އެޑިޓަރަކު ބެއްލެވުމަށްފަހު، ޚިޔާލު ޝާއިއުކުރުމުގެ މިންގަނޑަށް ފެތޭ ނަމައެވެ.