Loading…
ޚަބަރު

މިފްކޯގެ ބޯޑަށް މަސްވެރިއަކު އައްޔަންކޮށްފި

މިފްކޯގެ ބޯޑަށް މަސްވެރިއަކު އައްޔަންކޮށްފި

ސަރުކާރުގެ މަސްކުންފުނި މިފްކޯގެ ބޯޑަށް މަސްވެރިއަކު ހަމަޖައްސަައިފިއެވެ.

އެ ކުންފުނީގެ ބޯޑަށް މަސްވެރިއަކު އައްޔަންކުރުމަށް މީގެކުރިންވެސް ވަނީ އިއުލާންކޮށްފައެވެ.

ސަރުކާރު ކުންފުނިތައް ބަލަހައްޓާ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ)ން ބުނީ މަސްވެރިންގެ ތެރެއިން މިފްކޯގެ ބޯޑަށް ހަމަޖައްސާފައި ވަނީ ރީޝަމް މުހައްމަދު ޝަރީފް، ރިހިވެލި، ގދ.ތިނަދޫ އެވެ.

މިހާރު މިފްކޯގެ ޑިރެކްޓަރުންގެ ބޯޑުގައި ތިބެނީ ޖުމުލަ 6 މީހުންނެވެ.

ކުންފުނި ހިންގުމުގައި މަސްވެރިންގެ ދައުރު އިތުރަށް ފުޅާކުރުމަށް,ބޯޑަށް މަސްވެރިންގެ ތެރެއިން މީހުން އައްޔަން ކުރުމަކީ ރައީސް މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ.

އިޝްތާރާ

މި ލިޔުން ކިޔާލުމުން އިހުސާސް ކުރެވުނީ ކިހިނެއް؟

ލިޔުމަށް ޚިޔާލު ހުށަހެޅުން

  • މި ވަގުތާ ހަމައަށް އެއްވެސް ޚިޔާލެއް ނެތް

ޚިޔާލު ޝާއިޢުކުރެވޭނީ އެޑިޓަރަކު ބެއްލެވުމަށްފަހު، ޚިޔާލު ޝާއިއުކުރުމުގެ މިންގަނޑަށް ފެތޭ ނަމައެވެ.