Loading…
ޚަބަރު

ރައީސުލްޖުމްހޫރިއްޔާ، އ.ދ ހަންޏާމީދޫގައި ގެސްޓްހައުސް ހިންގަވާ ފަރާތްތަކާ ބައްދަލުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ، އ.ދ ހަންޏާމީދޫގައި ގެސްޓްހައުސް ހިންގަވާ ފަރާތްތަކާ ބައްދަލުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، އަރިއަތޮޅު ދެކުނުބުރީ ހަންޏާމީދޫގައި ގެސްޓްހައުސް ހިންގަވާ ފަރާތްތަކާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިއަދު ރައީސުލްޖުމްހޫރިއްޔާ ހުޅުއްވައިދެއްވި އދ. ހަންޏާމީދޫ ކައުންސިލް އިދާރާގައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އ.ދ ހަންޏާމީދޫގައި ގެސްޓްހައުސް ހިންގަވާ ފަރާތްތަކުގެ ވިޔަފާރި ކުރިއަށްގެންދިއުމަށް ހިއްވަރުދެއްވައި، އެ ފަރާތްތަކަށް ވިޔަފާރީގެ ކުރިއެރުމަށް ހުރި އެކިއެކި ހުރަސްތައް އޮޅުންފިލުއްވާފައެވެ. މި ބައްދަލުކުރެއްވުމުގައި ގެސްޓްހައުސް ހިންގަވާ ފަރާތަކުން ދެއްކެވި ވާހަކަފުޅުގައި، އެ ރަށަކީ މިހާރުވެސް 15 ވަރަކަށް ގެސްޓްހައުސް ހުރި އަދި މިހާރުވެސް އިތުރު ފަހެއް ނޫނީ ހަ ގެސްޓްހައުސް ހަދަމުންދާ ރަށެއްކަން ފާހަގަކުރައްވާފައިވެއެވެ. އަދި ފަތުރުވެރިންނާއި ރަށު ރައްޔިތުންނަށްވެސް ޕިކްނިކުދާނެ ރަށެއްގެ ގޮތުގައި ބޮޑުކާށިހުރާ ލިބެންނެތްނަމަ، އަތަފަރު ހަމަޖައްސަވައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އަރިހުން އެދިވަޑައިގެންނެވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ގެސްޓްހައުސް ހިންގަވާ ފަރާތްތަކުން އެދިވަޑައިގެންނެވި ކަންކަމުގައި ސަރުކާރުގެ ތެރެއިން ވެދެއްވެން އޮތް އެހީތެރިކަމެއް ވެދެއްވާނެކަމުގެ ޔަގީންކަންދެއްވާފައެވެ. އަދި ހަންޏާމީދޫ ރައްޔިތުން ޕިކްނިކު ދިއުމަށްވެސް ރަނގަޅު ގޮތެއް ހައްދަވައިދެއްވާނެކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.

އިޝްތާރާ

މި ލިޔުން ކިޔާލުމުން އިހުސާސް ކުރެވުނީ ކިހިނެއް؟

ލިޔުމަށް ޚިޔާލު ހުށަހެޅުން

  • މި ވަގުތާ ހަމައަށް އެއްވެސް ޚިޔާލެއް ނެތް

ޚިޔާލު ޝާއިޢުކުރެވޭނީ އެޑިޓަރަކު ބެއްލެވުމަށްފަހު، ޚިޔާލު ޝާއިއުކުރުމުގެ މިންގަނޑަށް ފެތޭ ނަމައެވެ.