Loading…
ޚަބަރު

ވާދޫގައި އޭޓީއެމް އިފްތިތާޙް ކުރުން މާދަމާ

ވާދޫގައި އޭޓީއެމް އިފްތިތާޙް ކުރުން މާދަމާ

ބޭންކް އޮފް މޯލްޑިވްސްއިން ”މުޅި ރާއްޖެއަށް ބިއެމްއެލް އޭޓީއެމް“ މަޝްރޫއުގެ ދަށުން ރ. ވާދޫގައި ސްޓޭޝަން ކޮށްފައިވާ އޭޓީއެމް މާދަމާ ހެނދުނު 09:55 ގައި އިފްތިތާޙްކުރަން ނިންމައިފިއެވެ.

މި އޭޓީއެމް ސްޓޭޝަން ރަށަށް ގެނެސްފައިވަނީ މިދިޔަ ހޯމަ ދުވަހުގެ ވަގުތެއްގައެވެ. ވާދޫގައި ބީއެމްއެލް އޭޓީއެމް ޤާއިމްކޮށްފައިވަނީ ވާދޫ ސްކޫލްގެ އިރުމަތީ ފަރާތުން އިސްރަށްވެހިންގެ މައިޒާނުގައެވެ.

އަތޮޅުތަކުގައި، މީހުން ދިރިއުޅޭ ހުރިހައި ރަށެއްގައި އޭޓީއެމް ޚިދުމަތް ފެށުމުގެ މަޝްރޫޢުގެ ދަށުން މި ރަށުގައި ޤާއިމްކޮށްފައިވަނީ ބީއެމްއެލް ރުފިޔާ އޭޓީއެމް އެކެވެ.

މާދަމާ ބާއްވާ ރަސްމިއްޔާތުގައި ބައިވެރިވުމަށް އެދި ވާދޫ ކައުންސިލުން ވަނީ އެރަށު ރައްޔިތުންނަށް ދަޢުވަތް އަރުވާފައެވެ.

”މުޅި ރާއްޖޭގައި އޭޓީއެމް ޚިދުމަތް“ ނަމުގައި ޚާއްސަ މަޝްރޫޢުއެއް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވުޒާރާގެ ބެއްލެވުމުގެ ދަށުން ފަށާފައިވަނީ މިދިޔަ އަހަރު ނޮވެމްބަރު މަހުއެވެ. މިމަޝްރޫޢުގައި ދަށުން މިހާތަނަށް 14 އަތޮޅެއްގެ މީހުން ދިރިއުޅޭ ހުރިހައި ރަށެއްގައި އޭޓީއެމް ޚިދުމަތް ވަނީ ފަށާފައެވެ. މީގެ އިތުރުން ފަތުރުވެރިކަން ފުޅާވެފައިވާ ބައެއް ރަށްތަކުގައި ޑޮލަރު އޭޓީއެމް ބެހެއްޓުމުގެ މަސައްކަތްވެސް ޤައުމީ ބޭންކުން ދަނީ ކުރަމުންނެވެ.

އިޝްތާރާ

މި ލިޔުން ކިޔާލުމުން އިހުސާސް ކުރެވުނީ ކިހިނެއް؟

ލިޔުމަށް ޚިޔާލު ހުށަހެޅުން

  • މި ވަގުތާ ހަމައަށް އެއްވެސް ޚިޔާލެއް ނެތް

ޚިޔާލު ޝާއިޢުކުރެވޭނީ އެޑިޓަރަކު ބެއްލެވުމަށްފަހު، ޚިޔާލު ޝާއިއުކުރުމުގެ މިންގަނޑަށް ފެތޭ ނަމައެވެ.