Loading…
ޚަބަރު

އުނގޫފާރު ސްކޫލު ދަރިވަރުންތަކަކަށް “ފަޔަރ ސޭފްޓީ“ ސެޝަނެއް ކުރިއަށް ގެންގޮސްފި

އުނގޫފާރު ސްކޫލު ދަރިވަރުންތަކަކަށް “ފަޔަރ ސޭފްޓީ“ ސެޝަނެއް ކުރިއަށް ގެންގޮސްފި

ރ. އުނގޫފާރު ސްކޫލު ސްޓަރ ދަރިވަރުންނަށް “ފަޔަރ ސޭފްޓީ“ ސެޝަނެއް އެ ރަށު ޕޮލިސް ސްޓޭޝަނުން ކުރިއަށް ގެންގޮސްފިއެވެ.

އޮގަސްޓު 30 ވަނަ ދުވަހު 28 ދަރިވަރުންނާއެކު ކުރިއަށް ގެންދިޔަ މި ސެޝަނުގައި، އަލިފާނުގެ ހާދިސާއެއް ހިނގައިފިނަމަ އެ ދަރިވަރުންގެ ފެންވަރުގައި ކުރެވޭނެ ކަންކަން ކިޔައިދީފައިވެއެވެ. އަދި ގޭތެރޭގައި އަލިފާނުގެ ހާދިސާއެއް ހިނގަން ދިމާވެދާނެ ސަބަބުތަކާއި އެފަދަ ކަންކަމުން ރައްކާތެރިވުމަށް ކުރަންވީ ކަންކަން ވެސް ކިޔައިދީފައިވެއެވެ. އަދި އަލިފާން ނިއްވާ ފުޅި ބޭނުންކޮށްގެން އަލިފާން ނިއްވާނެ ގޮތް ކިޔައިދީފައިވެއެވެ.

އޭގެ އިތުރުން، މޫދަށް ނުވަތަ ޕޫލް ފަދަ ތަންތަނަށް އެރިއުޅޭއިރު ސަމާލުކަންދޭންޖެހޭ ކަންކަމާއި އެއްވެސް ކަމެއް ދިމާވެއްޖެނަމަ ހަދާނެގޮތް ކިޔައިދީފައިވެއެވެ. އަދި ބެލެނިވެރިއަކާ ނުލައި މޫދަށް ނުދިއުމަށް ވެސް ނަސޭހަތްތެރިވިއެވެ.

އިޝްތާރާ

މި ލިޔުން ކިޔާލުމުން އިހުސާސް ކުރެވުނީ ކިހިނެއް؟

ލިޔުމަށް ޚިޔާލު ހުށަހެޅުން

  • މި ވަގުތާ ހަމައަށް އެއްވެސް ޚިޔާލެއް ނެތް

ޚިޔާލު ޝާއިޢުކުރެވޭނީ އެޑިޓަރަކު ބެއްލެވުމަށްފަހު، ޚިޔާލު ޝާއިއުކުރުމުގެ މިންގަނޑަށް ފެތޭ ނަމައެވެ.