Loading…
ޚަބަރު

ގެދޮރުވެރިޔާ މަޝްރޫއާ ގުޅޭ ސްކޭމް މެސެޖުތަކެއް، ސަމާލުވޭ!

ގެދޮރުވެރިޔާ މަޝްރޫއާ ގުޅޭ ސްކޭމް މެސެޖުތަކެއް، ސަމާލުވޭ!

ގެދޮރުވެރިޔާގެ ސްކީމްގެ ފްލެޓްތަކާ ގުޅޭގޮތުން ސްކޭމްގެ މެސެޖުތަކެއް ފޮނުވާތީ އެކަމަށް ސަމާލުވުމަށް ފުލުހުން މިއަދު އިލްތިމާސްކޮށްފި އެވެ.

ފުލުހުން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓުގައި ބުނީ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓު ހޯދަން ކުރިން ހުށަހަޅާފައިވާ ފޯމުތައް ބާތިލްކޮށް، އަލުން ފޯމު ހުށަހެޅުމުގެ ފުރުސަތު ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހުރިހާ ދިވެހިންނަށް ހުޅުވާލާފައިވާ ކަމަށާއި އެ ސްކީމަށް ބޭނުންވާ ފޯމު ވެސް ވެބްސައިޓުން ލިބެން ހުންނާނެ ކަމަށް ބުނެ ލިންކަކާއެކު ސްކޭމް މެސެޖެއް ފޮނުވަމުންދާ ކަމަށެވެ.

އެއީ ސައްހަ މެސެޖަކަށް ނުވާތީ އެކަމަށް ސަމާލުވުމަށް ފުލުހުން ވަނީ އެވެ.

ކުރީގެ ސަރުކާރުން ފެށި ގެދޮރުވެރިޔާ ސްކީމްގެ ދަށުން އިމާރާތްކުރި 4،000 ފްލެޓު ލިބޭ މީހުންނާއެކު މިހާރު އަންނަނީ އެގްރިމެންޓުގައި ސޮއިކުރަމުންނެވެ.

އެ ސްކީމަށް ކުރިމަތިލާން އެންމެ ފުރަތަމަ 2023 ވަނަ އަހަރު ސަރުކާރުން ހުޅުވާލުމުން 21،000 އަށްވުރެ ގިނަ މީހުން ކުރިމަތިލި އެވެ. ނަމަވެސް، އޭގެ ތެރެއިން، މިހާރު އިމާރާތްކޮށްފައިވާ ފްލެޓުގެ އެގްރިމެންޓުގައި ސޮއިކުރަން އަންގާފައިވަނީ 2،665 މީހުންނަށެވެ.

އިޝްތާރާ

މި ލިޔުން ކިޔާލުމުން އިހުސާސް ކުރެވުނީ ކިހިނެއް؟

ލިޔުމަށް ޚިޔާލު ހުށަހެޅުން

  • މި ވަގުތާ ހަމައަށް އެއްވެސް ޚިޔާލެއް ނެތް

ޚިޔާލު ޝާއިޢުކުރެވޭނީ އެޑިޓަރަކު ބެއްލެވުމަށްފަހު، ޚިޔާލު ޝާއިއުކުރުމުގެ މިންގަނޑަށް ފެތޭ ނަމައެވެ.