Loading…
ޚަބަރު

އާ ޓާމިނަލް ހުޅުވުމަށް އެރުވި ހަވާ ދުނިޔޭގެ ރެކޯޑު ފޮތަށް

އާ ޓާމިނަލް ހުޅުވުމަށް އެރުވި ހަވާ ދުނިޔޭގެ ރެކޯޑު ފޮތަށް

އައު ޓާމިނަލް ހުޅުވުަމަށް އެރުވި ހަވާ—ފޮޓޯ: ރައީސްއޮފީސް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ބައިނަލްއަގުވާމީ ޓާމިނަލް ހުޅުވުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި އެރުވި ހަވާ ދުނިޔޭގެ ރެކޯޑު ފޮތުން ޖާގަ ހޯދައިފިއެވެ. މިއީ 19 ސަރަހައްދެއްގައި އެއްފަހަރާ ސިންކްރޮނައިޒް ވާގޮތަށް ހަވާ އެރުވުމުން ލިބުނު ރެކޯޑެކެވެ.

އެމްއޭސީއެލުން މައުލޫމާތު ދެއްވާފައިވާ ގޮތުގައި، މި ހަވާ އެރުވުނީ މާލެ ވަށައިގެން ކަނޑުގެ 16 ސަރަހައްދަކާއި އެއާޕޯޓު ސަރަހައްދުގެ ތިން ތަނެއްގައެވެ.

ގިނިސް ވޯލްޑް ރެކޯޑުގެ ފަރާތުން ހާޒިރުވި ހެކިންގެ ހާޒިރުގައި މި ރެކޯޑު ސެޓްކުރެވުނެވެ. އަދި އާ ޓާމިނަލްގެ ފުރަތަމަ ބޯޓަށް މަރުހަބާ ކިއުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި މި ރެކޯޑުގެ ލިޔުން ރަސްމީކޮށް ހަވާލުކުރެވުނެވެ.

ރޭ ހުޅުވުނު އާ ޓާމިނަލަކީ ޒަމާނީ ވަސީލަތްތަކާއެކު ފަރުމާކުރެވިފައިވާ ޓާމިނަލެކެވެ. މީގެ ތެރޭގައި 47 ސެލްފް ޗެކިން ކައުންޓަރާއި، 6 ކިއޯސްކް، 20 އިމިގްރޭޝަން ކައުންޓަރު، އަދި ޑިއުޓީ ފްރީ ސަރަހައްދު ހިމެނެއެވެ. މީގެއިތުރުން 4 ވޯކަލޭޓާއާއި 14 އެސްކެލޭޓަރު އަދި 15 އެއަރޯބްރިޖް ވަނީ ޤާއިމްކުރެވިފައެވެ.

އަހަރަކު 7.5 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭގޮތަށް ފަރުމާކުރެވިފައިވާ މި ޓާމިނަލްގައި، ރާއްޖެއަށް އަންނަ ފަތުރުވެރިންނަށް 28 އިމިގްރޭޝަން ކައުންޓަރާއި، ބެގޭޖް ކްލެއިމް އޭރިއާގައި 4 ބެލްޓް ވަނީ ހަރުކުރެވިފައެވެ. މި ރަސްމިއްޔާތުގައި ޑްރޯން ޝޯއެއް ވެސް ބޭއްވުނެވެ.

އިޝްތާރާ

މި ލިޔުން ކިޔާލުމުން އިހުސާސް ކުރެވުނީ ކިހިނެއް؟

ލިޔުމަށް ޚިޔާލު ހުށަހެޅުން

  • މި ވަގުތާ ހަމައަށް އެއްވެސް ޚިޔާލެއް ނެތް

ޚިޔާލު ޝާއިޢުކުރެވޭނީ އެޑިޓަރަކު ބެއްލެވުމަށްފަހު، ޚިޔާލު ޝާއިއުކުރުމުގެ މިންގަނޑަށް ފެތޭ ނަމައެވެ.