Loading…
ޚަބަރު

އޯގަސްޓުމަހުން ފެށިގެން މޯލްޑިވިއަންގެ ޓިކެޓު ނަގާއިރު އައިޑީ ނުވަތަ ޕާސްޕޯޓުގެ ކޮޕީއެއް ބޭނުމެއް ނުވާނެ

އޯގަސްޓުމަހުން ފެށިގެން މޯލްޑިވިއަންގެ ޓިކެޓު ނަގާއިރު އައިޑީ ނުވަތަ ޕާސްޕޯޓުގެ ކޮޕީއެއް ބޭނުމެއް ނުވާނެ

ޤައުމީ އެއަރލައިން މޯލްޑިވިއަންގެ ޓިކެޓު ބުކްކުރާއިރު އައިޑީ ކާޑު ނުވަތަ ޕާސްޕޯޓުގެ ކޮޕީ ހުށަހަޅަން ނުޖެހޭ ގޮތަށް އައިލެންޑް އޭވިއޭޝަނުން ހަމަޖައްސައިފިއެވެ.

އެ ކުންފުނިން ބުނީ އަންނަ މަހުން ފެށިގެން ޓިކެޓު ބުކްކުރާއިރު، އައިޑީކާޑު ނުވަތަ ޕާސްޕާޓު ކޮޕީއެއް ބޭނުންނުވާނެ ކަމަށެވެ. އޭގެ ބަދަލުގައި، ރަސްމީ ލިޔުމެއްގައި އޮންނަ ގޮތަށް މައުލޫމާތުތައް ހިއްސާކުރުމުން ޓިކެޓަށް ނަން ނޯޓު ކުރެވޭނެ ކަމަށް އައިލެންޑް އޭވިއޭޝަނުން ބުންޏެވެ.

ނަމަވެސް، އެ މައުލޫމާތުތަކުގައި މައްސަލައެއް އުޅޭ ނަމަ އީމެއިލް މެދުވެރިކޮށް ނުވަތަ މޯލްޑިވިއަންގެ ކޯލް ސެންޓަރު 1671 އަށް ގުޅައި ހިއްސާ ކުރެވޭނެ ކަމަށްވެސް އެ ކުންފުނިން ބުނެއެވެ. އައިލޭންޑް އޭވިއޭޝަނުން ބުނީ ޓިކެޓު ބުކިން ޕްރޮސެސްއަށް ބަދަލުތަކެއް ގެނައީ ކަސްޓަމަރުންގެ ޕްރައިވަސީ ރައްކާތެރިކުރުމާއި ފަސޭހަކޮށްދިނުމަށް ކަމަށެވެ.

ނަމަވެސް ދަތުރުކުރާއިރު މިހާރެކޭ ވެސް އެއްގޮތަށް މުއްދަތު ހަމަނުވާ އައިޑީ ކާޑު ނުވަތަ ލައިސަންސް ނުވަތަ ޕާސްޕޯޓު އަތުގައި އޮންނަން ޖެހޭނެއެވެ.

މޯލްޑިވިއަން އިން މިހާރު ވެސް ރާއްޖޭގެ 18 މަންޒިލް އަދި ބޭރުގެ ހަތް މަންޒިލަކަށް ދަތުރުކުރެއެވެ.

އިޝްތާރާ

މި ލިޔުން ކިޔާލުމުން އިހުސާސް ކުރެވުނީ ކިހިނެއް؟

ލިޔުމަށް ޚިޔާލު ހުށަހެޅުން

  • މި ވަގުތާ ހަމައަށް އެއްވެސް ޚިޔާލެއް ނެތް

ޚިޔާލު ޝާއިޢުކުރެވޭނީ އެޑިޓަރަކު ބެއްލެވުމަށްފަހު، ޚިޔާލު ޝާއިއުކުރުމުގެ މިންގަނޑަށް ފެތޭ ނަމައެވެ.