Loading…
ޚަބަރު

ފުރަތަމަ ހަމަސްދުވަހުގެ ރިޕޯޓް ހުށަނާޅާ ކައުންސިލްތަކުގެ ތެރޭގައި ރ. ވާދޫ ކައުންސިލް!

ފުރަތަމަ ހަމަސްދުވަހުގެ ރިޕޯޓް ހުށަނާޅާ ކައުންސިލްތަކުގެ ތެރޭގައި ރ. ވާދޫ ކައުންސިލް!

ރ. ވާދޫ ކައުންސިލްގެ އިދާރާ —

ފުރަތަމަ ހަމަސްދުވަހުގެ ރިޕޯޓް ހުށަނާޅާ ކައުންސިލްތަކުގެ ތެރޭގައި ރ. ވާދޫ ކައުންސިލް ހިމެނޭކަން ރ. އަތޮޅު ކައުންސިލުން ހާމަކުރި މައުލޫމާތުތަކުން ހާމަވެއްޖެއެވެ.

ލާމަރުކަޒީ އުޞޫލުން އިދާރީދާއިރާތައް ހިންގުމުގެ ޤާނޫނުގައި ބުނާގޮތުން ކޮންމެ އަހަރެއްގެ ޖުލައި މަހުގެ 10 ވަނަ ދުވަހުގެ ކުރިން އެއަހަރެއްގެ ފުރަތަމަ 6 މަސްދުވަހު ކައުންސިލުން ހިންގި ހަރަކާތްތަކުގެ ތަފްސީލު ރިޕޯޓް ރަށު ކައުންސިލްތަކުން އަތޮޅު ކައުންސިލްތަކަށް ފޮނުވަންޖެހެއެވެ. އަދި ކޮންމެ އަހަރެއްގެ ޖުލައި މަހުގެ 20 ވަނަ ދުވަހުގެ ކުރިން އެއަހަރެއްގެ ފުރަތަމަ 6 މަސްދުވަހު ކައުންސިލުން ހިންގި ހަރަކާތްތަކުގެ ތަފްސީލް ރިޕޯޓް އަތޮޅު ކައުންސިލްތަކުންނާއި ސިޓީ ކައުންސިލްތަކުން ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށް ހުށައެޅުމަކީ ކައުންސިލްތަކަށް ޤާނޫނުން މަތިކޮށްފައިވާ ޒިންމާއެކެވެ.

ރ. އަތޮޅު ކަައުންސިލުން ވަނީ މި ހިނގާ ޖުލައި މަހުގެ 10 ވަނަ ދުވަހުގެ ކުރިން މިއަހަރުގެ ފުރަތަމަ 6 މަސްދުވަހު ކައުންސިލުން ހިންގި ހަރަކާތްތަކުގެ ތަފްސީލް ރިޕޯޓް ހުށަހެޅި ރ. އަތޮޅުގެ ކައުންސިލްތަކުގެ ލިސްޓު ހާމަކޮށްފައެވެ.

އެ ލިސްޓުން ހާމަވި ގޮތުގައި، ރ. އަތޮޅުގެ 15 ކައުންސިލްގެ ތެރެއިން ރިޕޯޓު ހުށަހަޅާފައި ނުވަނީ ދެ ކައުންސިލަކުންނެވެ.

އެއީ ރ. ވާދޫ، އަދި އަނގޮޅިތީމު ކައުންސިލުންނެވެ.

ރ. އަތޮޅު ކައުންސިލްގެ އިޢުލާން

 

 

 

 

އިޝްތާރާ

މި ލިޔުން ކިޔާލުމުން އިހުސާސް ކުރެވުނީ ކިހިނެއް؟

ލިޔުމަށް ޚިޔާލު ހުށަހެޅުން

  • މި ވަގުތާ ހަމައަށް އެއްވެސް ޚިޔާލެއް ނެތް

ޚިޔާލު ޝާއިޢުކުރެވޭނީ އެޑިޓަރަކު ބެއްލެވުމަށްފަހު، ޚިޔާލު ޝާއިއުކުރުމުގެ މިންގަނޑަށް ފެތޭ ނަމައެވެ.