Loading…
ޚަބަރު

މިއަދު ހަވީރު އެއް ގަޑިއިރަށް ވާދޫގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑޭނެ: ފެނަކަ

މިއަދު ހަވީރު އެއް ގަޑިއިރަށް ވާދޫގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑޭނެ: ފެނަކަ

މިއަދު ހަވީރު އެއް ގަޑިއިރަށް ރ. ވާދޫގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑޭނެ ކަމަށް ފެނަކަ ކޯޕަރޭޝަންގެ ރ. ވާދޫ ގޮފިން ބުނެފިއެވެ.

ކަސްޓަމަރުންނަށް ފޮނުވި ނޯޓިސްއެއްގައި ފެނަކައިން ބުނީ، ޓެކްނިކަލް މަސައްކަތްތަކެއް ކުރުމަށް މިއަދު ހަވީރު 4:30 އިން 5:30 އަށް (އެއް ގަޑިއިރަށް) ފީޑަރ ތިނަކުން ކަރަންޓު ކެނޑޭނެ ކަމަށެވެ. ފީޑަރ ތިނަކުން ކަރަންޓުދޭ ސަރަހައްދުތަކަކީ އަމީނީމަގާއި އަލިކިލޭގެފާނުމަގާ ދެމުގެ ސަރަހައްދުތަކެވެ.

ކަރަންޓު ކެނޑުމާ ގުޅިގެން ދިމާވެދާނެ ދަތިތަކަށް ފެނަކައިން ވަނީ މައާފަށް އެދިފައެވެ.

ވާދޫއަކީ ފެނަކަ ކޯޕަރޭޝަނުން 24 ގަޑިއިރު ޚިދުމަތް ދެމުން އަންނަ ރަށެކެވެ.

ނިމިދިޔަ ރައީސް އިބްރާހީމް މުހައެްމަދު ޞާލިހްގެ ސަރުކާރުން ވަނީ އަވަށު ތެރޭގައި ހިންގަމުން އައި އިންޖީނުގެ ނިއްވާލައި ވާދޫގައި އަލަށް ގާއިމުކުރި އިންޖީނުގޭން ކަރަންޓު ދޭން ފަށާފައެވެ.

އެ ސަރުކާރުން ވަނީ ވާދޫ ކަރަންޓުގެ ވިއުގައި އަޕްގްރޭޑްކޮށް، ފެނަކަ ވާދޫ ގޮފީގެ އައު އޮފީސްވެސް ގާއިމުކޮށް ހުޅުވާފައެވެ.

އިޝްތާރާ

މި ލިޔުން ކިޔާލުމުން އިހުސާސް ކުރެވުނީ ކިހިނެއް؟

ލިޔުމަށް ޚިޔާލު ހުށަހެޅުން

  • މި ވަގުތާ ހަމައަށް އެއްވެސް ޚިޔާލެއް ނެތް

ޚިޔާލު ޝާއިޢުކުރެވޭނީ އެޑިޓަރަކު ބެއްލެވުމަށްފަހު، ޚިޔާލު ޝާއިއުކުރުމުގެ މިންގަނޑަށް ފެތޭ ނަމައެވެ.