Loading…
ޚަބަރު

އަލިފުށީގެ ހަތަރު ސަރަހައްދެއްގައި ހުރި ރުއްތަކުގެ ވެރިފަރާތް ހޯދަނީ

އަލިފުށީގެ ހަތަރު ސަރަހައްދެއްގައި ހުރި ރުއްތަކުގެ ވެރިފަރާތް ހޯދަނީ

ރ. އަލިފުށީގެ ހަތަރު ސަރަހައްދެއްގައި ހުރި ރުއްތަކުގެ ވެރިފަރާތް ހޯދަން މާޅޮސްމަޑުލު އުތުރުބުރީ އަލިފުށީ ކައުންސިލްގެ އިދާރާއިން އިއުލާންކޮށްފިއެވެ.

އެ ކައުންސިލުން ބުނީ އަލިފުށި ފެނަކަ ބްރާންޗު އިމާރާތުގެ ދެކުނުން ހަވީރީހިނގުމުގެ އިރުން ގިރާމިސްކިތްމަގުގެ ހުޅަނގަށް އޮތް ސަރަހައްދުގައި ހުރި ރުއްގަހާއި، ގަބުރުސްތާނު ގޯތި ތެރޭގައި ހުރި ރުއްތައް އަދި ގަބުރުސްތާނު އިރުމަތިން ހަވީރީހިނގުމުގެ ހުޅަނގުން ޝަމްސުއްދީނު މަގުގެ ދެކުނުން ދަރުމަވަންތަ މަގުގެ އުތުރަށް ހޮސްޕިޓާ އެޅުމަށް ހަމަޖެހިފައިވާ ސަރަހައްދުގައި ހުރި ރުއްގަހާއި އަދި އޭ.ޑީ.އެސް އޮޑި އެހެލާ ބިމުގެ އިރުން ބޮޑުތަކުރުފާނު މަގުގެ އުތުރުން ކޮއިގޯތިމަގުގެ ހުޅަނގުން އޮތް ސަރަހައްދުގައި ހުރި ރުއްގަހުގެ ވެރިފަރާތްތައް ހޯދުމަށް ބޭނުންވާ ކަމަށެވެ.

މިސަރަހައްދުތަކުގައި ހުރި ރުއްގަހުގެ ވެރި ފަރާތެއް ވާނަމަ ޖުލައި 7 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 1:00ގެ ކުރިން ޝަރުޢީ ލިޔުން ހުށަހަޅައި އެކަން އެއިދާރައަށް ލިޔުމުން އެންގުމަށް ވަނީ އެދިފައެވެ.

އިޝްތާރާ

މި ލިޔުން ކިޔާލުމުން އިހުސާސް ކުރެވުނީ ކިހިނެއް؟

ލިޔުމަށް ޚިޔާލު ހުށަހެޅުން

  • މި ވަގުތާ ހަމައަށް އެއްވެސް ޚިޔާލެއް ނެތް

ޚިޔާލު ޝާއިޢުކުރެވޭނީ އެޑިޓަރަކު ބެއްލެވުމަށްފަހު، ޚިޔާލު ޝާއިއުކުރުމުގެ މިންގަނޑަށް ފެތޭ ނަމައެވެ.