Loading…
ޚަބަރު

މިއަހަރު ނިމޭއިރު ރ. ވާދޫއަކީ އިޔާދަކުރަނިވި ހަކަތައިން ހުރިހާ ކަމެއްކުރާ ރަށަކަށް ހަދާނަން: ރައީސް ޑރ. މުޢިއްޒު

މިއަހަރު ނިމޭއިރު ރ. ވާދޫއަކީ އިޔާދަކުރަނިވި ހަކަތައިން ހުރިހާ ކަމެއްކުރާ ރަށަކަށް ހަދާނަން: ރައީސް ޑރ. މުޢިއްޒު

މިއަހަރު ނިމޭއިރު ރ. ވާދޫއަކީ އިޔާދަކުރަނިވި ހަކަތައިން ހުރިހާ ކަމެއްކުރާ ރަށަކަށް ހަދާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ.

”މިއީ މޮޑެލްއަކަށް ބަލައިގެން، ޕައިލެޓް ޕްރޮޖެކްޓަކަށް ބަލައިގެން އެހެން ރަށްތައް ވެސް ފުލީ ސޯލާއިން ރަން ކުރާ ރަށްރަށަށް ހެދުމަކީ ހަމަ އަޅުގަނޑުމެން ވަރަށް ބޭނުންވާ ކަމެއް“

ރައީސް ވިދާޅުވީ އެ މަސައްކަތް ބަޔަކާ ހަވާލުކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ.

މީގެ އިތުރުން، ސްޓެލްކޯ އަދި ފެނަކަ މެދުވެރިކޮށް ހިންގާ މަގޭ ސޯލާ މަޝްރޫއުގެ ދަށުން ތިން މެގަވޮޓްގެ ޕެނަލް އިންސްޓޯލްކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަަމަށް ވެސް ރައީސް ވިދާޅުވިއެވެ. އަދި، އެސްއީޒެޑްގެ ދަށުން މާލެ އަތޮޅު ފަޅެއްގައި 100 މެގަވޮޓްގެ ފްލޯޓިން ސޯލާ ފާމެއްގެ މަސައްކަތަށް ހުއްދަ ދޫކޮށްފައިވާ ކަމަށް ވެސް ރައީސް ފާހަގަކުރެއްވިއެވެ.

 

އިޝްތާރާ

މި ލިޔުން ކިޔާލުމުން އިހުސާސް ކުރެވުނީ ކިހިނެއް؟

ލިޔުމަށް ޚިޔާލު ހުށަހެޅުން

  • މި ވަގުތާ ހަމައަށް އެއްވެސް ޚިޔާލެއް ނެތް

ޚިޔާލު ޝާއިޢުކުރެވޭނީ އެޑިޓަރަކު ބެއްލެވުމަށްފަހު، ޚިޔާލު ޝާއިއުކުރުމުގެ މިންގަނޑަށް ފެތޭ ނަމައެވެ.