Loading…
ޚަބަރު

ވާދޫ ބަނދަރު ތަރައްގީކުރުން ބޮޑުހިލަ ލިބުމުން ކުރިއަށްދާނެ- ރައީސް

ވާދޫ ބަނދަރު ތަރައްގީކުރުން ބޮޑުހިލަ ލިބުމުން ކުރިއަށްދާނެ- ރައީސް

ރ.ވާދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ ބޮޑުހިލަ ލިބުމުން ކުރިއަށްދާނެ ރައީސް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް ޑރ.މުއިއްޒު ވިދާޅުވީ މި އަހަރު ނުވަތަ އަންނަ އަހަރު ތެރޭ ރަށުގައި ވާދޫގެ ބިން ހިއްކުމުގެ މަޝްރޫއުގެ މަސައްކަތް ފަށާނެ ކަމަށާއި ވާދޫގެ ގިރާ ސަރަހައްދު ހިމާޔަތްކުރުމުގެ މަޝްރޫއު ވެސް ކުރިއަށް ގެންދިއުމަށް، އެ ކަން ހަވާލުކޮށްފައިވާ އެމްޓީސީސީއަށް އޮތް ބޮޑުހިލަ ލިބުމުގެ ދަތިކަމުގެ މައްސަލަ ހައްލުކުރައްވާނެ ކަމަށެވެ.

މީގެ ކުރިން އިއުލާނުކުރެއްވި ގޮތަށް ބަލްކުކޮށް ހުރިހާ މަޝްރޫއަކަށް ބޭނުންވާ ބޮޑުހިލަ ގެނެވުމުން މަޝްރޫއު އަވަހަށް ފަށައިގަނެ ކުރިއަށްދާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ބަނދަރު ތަރައްގީކުރުން ވެސް ބޮޑުހިލަ ލިބުމުން ކުރިއަށްދާނެ ކަމަށާއި، ރަށުގެ ސްކޫލުގައި ސްޓާފްރޫމާއި، ކޮންޕިއުޓަރު ލެބެއް ތަަރައްގީކުރުމުގެ މަސައްކަތް ވެސް ކައުންސިލާއި، ރައްޔިތުން ބޭނުންވާ ގޮތަށް ކުރިއަށްގެންދަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ޑރ. މުއިއްޒު އެފަދައިން ވިދާޅުވީ މިއަދު ރ. އަތޮޅުގެ 10 ރަށަކަށް ރައީސް ފެއްޓެވި ދަތުރުފުޅުގައި ވާދޫއަށް ވަޑައިގެން ރައްޔިތުނާއި ނައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

އިޝްތާރާ

މި ލިޔުން ކިޔާލުމުން އިހުސާސް ކުރެވުނީ ކިހިނެއް؟

ލިޔުމަށް ޚިޔާލު ހުށަހެޅުން

  • މި ވަގުތާ ހަމައަށް އެއްވެސް ޚިޔާލެއް ނެތް

ޚިޔާލު ޝާއިޢުކުރެވޭނީ އެޑިޓަރަކު ބެއްލެވުމަށްފަހު، ޚިޔާލު ޝާއިއުކުރުމުގެ މިންގަނޑަށް ފެތޭ ނަމައެވެ.