Loading…
ޚަބަރު

ރ. އަތޮޅަށް ރީނދޫ ސަމާލު ނެރެފި

ރ. އަތޮޅަށް ރީނދޫ ސަމާލު ނެރެފި

މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ރާއްޖޭގެ އުތުރުން ރ. އަތޮޅަށް ރީނދޫ ސަމާލު ނެރެފިއެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާ – މެޓް އޮފީހުން ރ. އަތޮޅަށް ރީނދޫ ސަމާލު ނެރެފައިވަނީ މިރޭގެ 19:15 އިން ފެށިގެން 23:00 ގެ ނިޔަލަށެވެ.

އެ އިދާރާއިން ވަނީ ރ. އަތޮޅަށް ބޯކޮށް ވާރޭވެހި ގުގުރުމުގެ އިތުރުން ވިލާގަނޑުގައި 25 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށްފައެވެ.

ރ. އަތޮޅަށް ރީނދޫ ސަމާލު ނެރުނު އިރު މޫސުމާ ބެހޭ ގައުމީ އިދާރާއިން މިއަދުގެ 18:30 އިން 00:30 އަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށް ލަފާކޮށް ށ އަތޮޅުން ފެށިގެން ޅ އަތޮޅާ ހަމައަށް ހުދު ސަމާލު ވެސް ވަނީ ނެރެފައެވެ.

އިޝްތާރާ

މި ލިޔުން ކިޔާލުމުން އިހުސާސް ކުރެވުނީ ކިހިނެއް؟

ލިޔުމަށް ޚިޔާލު ހުށަހެޅުން

  • މި ވަގުތާ ހަމައަށް އެއްވެސް ޚިޔާލެއް ނެތް

ޚިޔާލު ޝާއިޢުކުރެވޭނީ އެޑިޓަރަކު ބެއްލެވުމަށްފަހު، ޚިޔާލު ޝާއިއުކުރުމުގެ މިންގަނޑަށް ފެތޭ ނަމައެވެ.