Loading…
ޚަބަރު

ރ. މީދޫ އަދި ހުޅުދުއްފާރުގައި ”ހާލު ކިހިނެއް؟“ ޕްރޮގްރާމް ފަށައިފި

ރ. މީދޫ އަދި ހުޅުދުއްފާރުގައި ”ހާލު ކިހިނެއް؟“ ޕްރޮގްރާމް ފަށައިފި

އިޖްތިމާއީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ ”ޙާލު ކިހިނެއް؟“ ޕްރޮގްރާމު ރ. މީދޫ އަދި ރ. ހުޅުދުއްފާރުގައި ފަށައިފިއެވެ.

މިއީ އޯގާތެރި މުޖުތަމައެއް ބިނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ގެންގުޅުއްވާ ތަސައްވުރުގެ ތެރެއިން، ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގެ ގޭބީސީތަކަށް ޒިޔާރަތްކޮށް، ރައްޔިތުންގެ ޙާލު ބަލައި ދައުލަތުގެ ޚާއްސަ އެހީތެރިކަން ބޭނުންވާ ފަރާތްތައް ދެނެގަނެ، އެ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

މީދޫ އަދި ހުޅުދުއްފާރުގެ ގެތަކަށް ޒިޔާރަތްކުރަން ފަށާފައިވާއިރު، މި ޕްރޮގްރާމުގެ ދަށުން، ރ. އިނގުރައިދޫ، ރ. ކިނޮޅަސް އަދި ރ. ފައިނުގެ ހުރިހާ ގޭބީސީތަކަށް ވަނީ ޒިޔާރަތްކޮށްފައެވެ. އަދި ނާޒުކު ޙާލަތްތަކުގައި ދިރިއުޅޭ ފަރާތްތައް ދެނެގަނެ، އެ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ވަނީ ފަށާފައެވެ.

މި ޕްރޮގްރާމުގެ ތެރެއިން އެހީތެރިކަން ހޯދުމަށް އެދޭ ފަރާތްތަކުން މިނިސްޓްރީގެ ނަމްބަރު 1433 އަށް ގުޅުއްވައިގެން އެހީތެރިކަމަށް އެދެވޭނެއެވެ.

އިޝްތާރާ

މި ލިޔުން ކިޔާލުމުން އިހުސާސް ކުރެވުނީ ކިހިނެއް؟

ލިޔުމަށް ޚިޔާލު ހުށަހެޅުން

  • މި ވަގުތާ ހަމައަށް އެއްވެސް ޚިޔާލެއް ނެތް

ޚިޔާލު ޝާއިޢުކުރެވޭނީ އެޑިޓަރަކު ބެއްލެވުމަށްފަހު، ޚިޔާލު ޝާއިއުކުރުމުގެ މިންގަނޑަށް ފެތޭ ނަމައެވެ.