Loading…
ޚަބަރު

ސްކޫލަށް ހާޒިރު ނުވެއްޖެ ނަމަ ދެން ކްލާހުގައި ބައިވެރިވެވޭނީ ފޯމެއް ފުރައިގެން: ރ. ވާދޫ ސްކޫލް

ސްކޫލަށް ހާޒިރު ނުވެއްޖެ ނަމަ ދެން ކްލާހުގައި ބައިވެރިވެވޭނީ ފޯމެއް ފުރައިގެން: ރ. ވާދޫ ސްކޫލް

އެއްވެސް ސަބަބެއް މެދުވެރިވެގެން ސްކޫލަށް ހާޒިރު ނުވެއްޖެ ނަމަ އެ ދަރިވަރަކަށް ދެން ކްލާހުގައި ބައިވެރިވެވޭނީ ފޯމެއް ފުރައިގެން ކަމަށް ރ. ވާދޫ ސްކޫލުން އަންގައިފިއެވެ.

އެ ސްކޫލުން މިގޮތަށް އެންގީ ބެލެނިވެރިންނަށް ފޮނުވި އާންމު އެންގުމެއްގައެވެ. އެ އެންގުމުގައި ބުނެފައިވަނީ ދަރިވަރަކު އެއްވެސް ހާލަތެއްގައި ސްކޫލަށް ހާޒިރު ނުވެއްޖެ ނަމަ، ވިދިގެން އަންނަ ދުވަހުވެސް އެ ދަރިވަރަކަށް ކްލާހުގައި ބައިވެރިވެވޭނީ “ސްކޫލަށް ހާޒިރު ނުވެވުނު ސަބަބު“ ފޯމެއް މެދުވެރިކޮށް ހުށަހެޅުމުން ކަމަށެވެ.

އަދި އެ ފޯމު ފުރަންޖެހޭނީ ދަރިވަރުގެ ބެލެނިވެރިޔާގެ ހާޒިރުގައި ސްކޫލް ލައިބްރަރީގައި ކަަމަށްވެސް ބުނެފައިވެއެވެ.

 

 

އިޝްތާރާ

މި ލިޔުން ކިޔާލުމުން އިހުސާސް ކުރެވުނީ ކިހިނެއް؟

ލިޔުމަށް ޚިޔާލު ހުށަހެޅުން

  • މި ވަގުތާ ހަމައަށް އެއްވެސް ޚިޔާލެއް ނެތް

ޚިޔާލު ޝާއިޢުކުރެވޭނީ އެޑިޓަރަކު ބެއްލެވުމަށްފަހު، ޚިޔާލު ޝާއިއުކުރުމުގެ މިންގަނޑަށް ފެތޭ ނަމައެވެ.