Loading…
ޚަބަރު

ތާވަލު ހަދައިގެން އަލިފުށިން ކަރަންޓު ކަނޑަނީ

ތާވަލު ހަދައިގެން އަލިފުށިން ކަރަންޓު ކަނޑަނީ

ރ. އަލިފުށީ ފެނަކަ އިންޖީނުގޭގައި ބޭނުންކުރާ ދެ ޖަނަރޭޓަރަށް މައްސަލައެއް ދިމާވެން، ވަކި ތާވަލެއް ހަދައި އެ ރަށުގެ އެކި ސަރަހައްދުތަކުން ކަރަންޓު ކަނޑަން ފަށައިފިއެވެ.

އަލިފުށީގައި ކަރަންޓުގެ މައްސަލަ ބޮޑުވެފައި ވަނީ ބޭނުންކުރާ ތިން ޖަނަރޭޓަރުގެ ތެރެއިން ދެ ޖަނަރޭޓަރު ބޭނުންނުކުރެވޭ ހާލަތު މެދުވެރިވުމުންނެވެ. އެ ރަށުގައި މިހާރު ބޭނުންކުރަމުން ދަނީ 600 ކިލޯވޮޓްގެ ޖަނަރޭޓަރެކެވެ.

އަލިފުށީ އިންޖީނުގޭގައި މައްސަލަ ޖެހިފައިވަނީ 400 ކިލޯވޮޓްގެ ޖަނެރޭޓަރެއްގެ އިތުރު 600 ކިލޯވޮޓްގެ ޖަނަރޭޓަރެއްގައެވެ.

ރަށުގެ އެކި ސަރަހައްދުތަކުން ކަރަންޓު ކަނޑަނީ ތާވަލަކާ އެއްގޮތަށް ސަރަހައްދުތަކަށް ބަހާލައިގެން ކޮންމެ ތިން ގަޑިއިރަކުން ތިން ގަޑިއިރަކުން އެއް ފަހަރު އެއް ގަޑިއިރަށް ކޮންމެ ސަރަހައްދަކުން ވެސް ކަރަންޓު ކަނޑާ ގޮތަށެވެ.

ކަރަންޓު ކެނޑުމަށް ނިންމާފައި ގޮތުގެ ތާވަލު މިޚަބަރާ އެއްކަރުދާސް ކޮށްފައިވާނެއެވެ.

މައްސަލަ ޖެހުނު ދެ ޖަނަރޭޓަރު އޮޕަރޭޝަނަލް ހާލަތަކަށް ގެނެވިއްޖެ ނަމަ އަލިފުށީގެ ކަރަންޓުގެ މައްސަލައަށް ވަގުތީ ހައްލެއް ލިބޭނެއެވެ. ނަމަވެސް ދާއިމީ ހައްލެއް ލިބޭނީ އެއް މެގަވޮޓް ނުވަތަ 1000 ކިލޯވޮޓްގެ ޖަނަރޭޓަރެއް އެ ރަށަށް ގެންގޮސްގެނެވެ.

 

އިޝްތާރާ

މި ލިޔުން ކިޔާލުމުން އިހުސާސް ކުރެވުނީ ކިހިނެއް؟

ލިޔުމަށް ޚިޔާލު ހުށަހެޅުން

  • މި ވަގުތާ ހަމައަށް އެއްވެސް ޚިޔާލެއް ނެތް

ޚިޔާލު ޝާއިޢުކުރެވޭނީ އެޑިޓަރަކު ބެއްލެވުމަށްފަހު، ޚިޔާލު ޝާއިއުކުރުމުގެ މިންގަނޑަށް ފެތޭ ނަމައެވެ.