Loading…
ޚަބަރު

ކިނޮޅަހު ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ 76 ޕަސެންޓް ނިމިއްޖެ

ކިނޮޅަހު ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ 76 ޕަސެންޓް ނިމިއްޖެ

ރ. ކިނޮޅަހު ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 76 ޕަސެންޓް ނިމިފައިވާ ކަމަށް އެ މަސައްކަތުގެ ކޮންޓްރެކްޓަރު އެމްޓީސީސީން ބުނެފިއެވެ.

މިކަންހާމަކޮށް އެމްޓީސީސީން ބުނީ ކިނޮޅަހު ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 76 ޕަސެންޓް ނިމިފައިވާ ކަމަށާއި މި މަޝްރޫގެ ދަށުން ކުރިއަށް ގެންދާ ބިންހިއްކުމާއި ފަސްގަނޑު ކޮމްޕެކްޓް ކުރުމުގެ މަސައްކަތުގެވެސް 75 ޕަސެންޓް ވަނީ މިހާރު ނިމިފައި ކަމަށެވެ.

އެމްޓީސީސީން ބުނީ ކިނޮޅަހު ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ ދަށުން، 19,789 ކިއުބިކް މީޓަރުގެ ބިންހިއްކާނެ ކަމަށެވެ. އަދި 650 މީޓަރުގެ ޖިއޯބޭގް ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް މި މަޝްރޫޢުގައި ހިމެނޭ ކަމަށް އެ ކުންފުނިން ހާމަކުރެއެވެ.

މިއީ 11.4 މިލިއަން ރުފިޔާގެ މަޝްރޫޢުއެކެވެ.

އިޝްތާރާ

މި ލިޔުން ކިޔާލުމުން އިހުސާސް ކުރެވުނީ ކިހިނެއް؟

ލިޔުމަށް ޚިޔާލު ހުށަހެޅުން

  • މި ވަގުތާ ހަމައަށް އެއްވެސް ޚިޔާލެއް ނެތް

ޚިޔާލު ޝާއިޢުކުރެވޭނީ އެޑިޓަރަކު ބެއްލެވުމަށްފަހު، ޚިޔާލު ޝާއިއުކުރުމުގެ މިންގަނޑަށް ފެތޭ ނަމައެވެ.