Loading…
ޚަބަރު

މީދޫ މިސްކިތެއްގައި ޓިކްޓޮކް ކުޅުން މައްސަލައެއް ފެންމަތިވެއްޖެ

މީދޫ މިސްކިތެއްގައި ޓިކްޓޮކް ކުޅުން މައްސަލައެއް ފެންމަތިވެއްޖެ

ރ. މީދޫގައި މިސްކިތެއްގައި ޓިކްޓޮކް ކުޅުނު މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިރޭ މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ވިދާޅުވީ މީދޫ މިސްކިތެއްގައި ޓިކްޓޮކް ކުޅުނު މައްސަލައެއް ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.

އެ ރަށު މިސްކިތުގައި ޓިކޮޓޮކް ކުޅެފައިވަނީ އީދު ޝޯ ދޭން ރަށަށް ގޮސް ތިބި ގްރޫޕެއްގެ އަންހެނެއް ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

މީދޫގެ އެންމެ ދުވަސްވީ މިސްކިތަކީ މައި މިސްކިތެވެ. އެއީ މިހާރު ވެސް ޖަމާއަތުގައި ނަމާދުކުރާ މިސްކިތެކެވެ.

އިޝްތާރާ

މި ލިޔުން ކިޔާލުމުން އިހުސާސް ކުރެވުނީ ކިހިނެއް؟

ލިޔުމަށް ޚިޔާލު ހުށަހެޅުން

  • މި ވަގުތާ ހަމައަށް އެއްވެސް ޚިޔާލެއް ނެތް

ޚިޔާލު ޝާއިޢުކުރެވޭނީ އެޑިޓަރަކު ބެއްލެވުމަށްފަހު، ޚިޔާލު ޝާއިއުކުރުމުގެ މިންގަނޑަށް ފެތޭ ނަމައެވެ.