Loading…
ޚަބަރު

އުނގޫފާރުގައި ކަރަންޓުގައި ޖެހުނު ޒުވާނާ މަރުވެއްޖެ

އުނގޫފާރުގައި ކަރަންޓުގައި ޖެހުނު ޒުވާނާ މަރުވެއްޖެ

ރ. އުނގޫފާރުގައި ކަރަންޓު ޖެހިގެން ފަރުވާ ދެމުންދިޔަ ޒުވާނާ މިއަދު މަރުވެއްޖެއެވެ.

އުނގޫފާރު މަގެއްގައި އޮތް ފެންގަނޑަކަށް ކަަރަންޓު އައުމުން ކުއްޖަކު ސަލާމަތް ކުރަން އުޅެނިކޮށް ކަރަންޓުގައި ޖެހި ހާލު ސީރިއަސްވި 18 އަހަރުގެ ހުސެން އަތީކަށް ފަރުވާ ދެމުން އަންނަތާ 15 ދުވަސް ވެއްޖެއެވެ. އާއިލާއިން ބުނާގޮތުގައި މިއަދު 10:30 އެހާކަންހާއިރު އޭނާ މަރުވީ ވެންޓިލޭޓަރުގައި ފަރުވާ ދެމުން ދަނިކޮށް، ހޭ ވެސް ނާރައެވެ.

ކަރަންޓުގައި ޖެހުމުގެ ސަބަބުން އޭނާގެ ސިކުނޑި އާއި ކިޑްނީއަށް ވެސް އޮތީ ވަރަށް ބޮޑަށް ގެއްލުންވެފައެވެ.

މިދިޔަ މަހުގެ 23 ވަނަ ދުވަހު ހިނގި އެ ހާދިސާއަށް ފަހު އަތީކަށް އެންމެ ފުރަތަމަ ފަރުވާދިނީ އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގެ އައިސީޔޫގައެވެ. އިތުރު ފަރުވާއަށް އަތީކް މާލެ ގެނައީ މިދިޔަ މަހުގެ 24ގައެވެ.

އެ ހާދިސާގައި ފެންގަނޑުގައި ހުރި ކުއްޖަކަށް ވެސް އަނިޔާވި ނަމަވެސް ބޮޑުވަރުވީ ސަލާމަތް ކުރަން ނުކުތް އަތީކަށެވެ.

އޭނާގެ ހާލު ސީރިއަސްވީ އެ ކުއްޖާ ސަލާމަތް ކުރަން އުޅުމުގެ ތެރޭގައި އޭނާއަށް ކަރަންޓު ހޮޅިދަނޑީގައި އަތްލެވުމުންނެވެ.

އަތީކުގެ ކަށުނަމާދު އޮންނާނީ މިއަދުގެ މަޣްރިބު ނަމާދަށް ފަހު ހުޅުމާލޭ ސަހަރާ މިސްކިތުގައެވެ.

އިޝްތާރާ

މި ލިޔުން ކިޔާލުމުން އިހުސާސް ކުރެވުނީ ކިހިނެއް؟

ލިޔުމަށް ޚިޔާލު ހުށަހެޅުން

  • މި ވަގުތާ ހަމައަށް އެއްވެސް ޚިޔާލެއް ނެތް

ޚިޔާލު ޝާއިޢުކުރެވޭނީ އެޑިޓަރަކު ބެއްލެވުމަށްފަހު، ޚިޔާލު ޝާއިއުކުރުމުގެ މިންގަނޑަށް ފެތޭ ނަމައެވެ.