Loading…
ޚަބަރު

ރާއްޖޭން ”އިންޑިއާ އައުޓް“ ވެއްޖެ

ރާއްޖޭން ”އިންޑިއާ އައުޓް“ ވެއްޖެ

ރާއްޖޭގައި ގާއިމުވެ ތިބި ކަމަށް ބުނާ އިންޑިއާ ސިފައިންގެ އެންމެން އެ ގައުމަށް ގޮސްފައިވާ ކަމަށް ދެ ގައުމުގެ ސަރުކާރުން ބުނެފި އެވެ.

އިންޑިއާ ސިފައިން ފޮނުވާލުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެންމެ މައި ރިޔާސީ ވައުދެވެ.

އެ ގައުމުގެ ސިފައިން ރާއްޖޭގައި ތިބީ އެ ގައުމުގެ އަސްކަރިއްޔާއިން ހަދިޔާކުރި އުޅަނދުތައް ރާއްޖޭގައި އޮޕަރޭޓް ކުރުމަށެވެ. ސިފައިން ފޮނުވާލިޔަސް އުޅަނދުތައް އަދި ރާއްޖޭގައި އެބަ ހުއްޓެވެ.

އިންޑިއާގެ ސިފައިން ފޮނުވާލުމުގެ މަސައްކަތް ގެންދާނެ ގޮތުގެ މައްޗަށް ދެ ގައުމުގެ ސަރުކާރު ދެމެދުގައި އެއްބަސްވުމެއް ގާއިމުކޮށްފައިވެ އެވެ. އެ އެއްބަސްވުން ހާމައެއް ނުކުރެ އެވެ.

ދެ ސަރުކާރުން ވެސް މިހާތަނަށް އެއާ ގުޅޭ ގޮތުން ބުނެފައިވާ ވާހަކައަކީ، އެ އުޅަނދުތައް އޮޕަރޭޓްކުރަން އެ ގައުމުގެ މަދަނީ ހިދުމަތްތެރިން ގެންނަން އެއްބަސްވެފައިވާ ކަމެވެ.

އިންޑިއާއިން ހަދިޔާކޮށްފައިވަނީ ދެ ހެލިކޮޕްޓަރަކާއި ޑޯނިއާ މަތިންދާބޯޓެކެވެ. މި އުޅަނދުތައް މިހާތަނަށް ބޭނުންކޮށްފައިވަނީ ކަނޑުމަގުން ގެއްލޭ މީހުން ހޯދުމުގެ އޮޕަރޭޝަންތަކަށާއި ބަލި މީހުން އުފުލުން ފަދަ އިންސާނީ ހިދުމަތްތަކަށެވެ.

ފުރަތަމަ ހެލިކޮޕްޓަރެއް ގެނައީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގަ އެވެ. ދެވަނަ ހެލިކޮޕްޓަރު ގެނައީ ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުގަ އެވެ. އެކަމަކު އެ ސަރުކާރުގެ ފަހުކޮޅުގައި އިންޑިއާއާ ގުޅުން ގޯސްވެ ސިފައިންނާއެކު އެ ތަކެތި ގެންދިއުމަށް ސަރުކާރުން އެންގި އެވެ. ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ޑޯނިއާ މަތިންދާ ބޯޓެއް ގެނެސް، އުތުރުތިލަފަޅުގައި އިންޑިއާގެ އެހީން ކޯސްޓްގާޑް ޑެކްޔާޑަކާއި މިލިޓަރީ ބޭސްއެއް ގާއިމުކުރަން ފެށި އެވެ.

އިޝްތާރާ

މި ލިޔުން ކިޔާލުމުން އިހުސާސް ކުރެވުނީ ކިހިނެއް؟

ލިޔުމަށް ޚިޔާލު ހުށަހެޅުން

  • މި ވަގުތާ ހަމައަށް އެއްވެސް ޚިޔާލެއް ނެތް

ޚިޔާލު ޝާއިޢުކުރެވޭނީ އެޑިޓަރަކު ބެއްލެވުމަށްފަހު، ޚިޔާލު ޝާއިއުކުރުމުގެ މިންގަނޑަށް ފެތޭ ނަމައެވެ.