Loading…
ޚަބަރު

ރ. ކުޑަކުރަތު ރިސޯޓުން މާލެއަށް ދަތުރުކުރި ލޭންޑިންގ ކްރާފްޓެއް ބަންޑުން ޖަހާލާ އެކަކު ގެއްލިގެން ހޯދަނީ

ރ. ކުޑަކުރަތު ރިސޯޓުން މާލެއަށް ދަތުރުކުރި ލޭންޑިންގ ކްރާފްޓެއް ބަންޑުން ޖަހާލާ އެކަކު ގެއްލިގެން ހޯދަނީ

ރ. ކުޑަކުރަތު ރިސޯޓުން މާލެއަށް ދަތުރުކުރި ލޭންޑިންގ ކްރާފްޓެއް ބަންޑުން ޖަހާލާ އެކަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.

މިކަން ހާމަކޮށް އެމްއެންޑީއެފުން ދެންމެ ބުނީ ބަންޑުން ޖަހައިލީ ރ. ކުޑަކުރަތު ރިސޯޓުން ފުރައިގެން މާލެއަށް ދަތުރުކުރި ”ލިއޯ ޕާލް“ ނަމަކަށް ކިޔާ ލޭންޑިން ކްރާފްޓެއް ކަމަށެވެ.

އެ ލޭންޑިން ކްރާފްޓު ބަންޑުން ޖަހައިލައި އޭގެން ދަތުރުކުރި ފަސް މީހުންގެ ތެރެއިން އެކަކު ގެއްލިގެން އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް ކޯސްޓްގާޑް ސެކެންޑް ސްކޮޑްރަން އިން ހަރަކާތްތެރިވާން ފަށައިފައިވާއިރު މި ލޭންޑިން ކްރާފްޓުން ދަތުރުކުރި ފަސް މީހުންގެ ތެރެއިން ހަތަރު މީހުން ކަނޑުވެފައި ވަނިކޮށް ރޭ ފަތިހު ވަނީ ސީއެމްބިއުލޭންސް އަކަށް ނަގާފައި ކަމަށް އެމްއެންޑީއެފުން ހާމަކުރެއެވެ.

އަދި ގެއްލުނު ބިދޭސީ މީހާ ހޯދުމުގެ މަސައްކަތުގައި ފާސްޓް އިންޓަސެޕްޓާ ކްރާފްޓް ހަކުރާ ދަނީ ހަރަކާތްތެރި ވަމުން ކަމަށް އެމްއެންޑީއެފުން ބުނެފައި ވެއެވެ.

އިޝްތާރާ

މި ލިޔުން ކިޔާލުމުން އިހުސާސް ކުރެވުނީ ކިހިނެއް؟

ލިޔުމަށް ޚިޔާލު ހުށަހެޅުން

  • މި ވަގުތާ ހަމައަށް އެއްވެސް ޚިޔާލެއް ނެތް

ޚިޔާލު ޝާއިޢުކުރެވޭނީ އެޑިޓަރަކު ބެއްލެވުމަށްފަހު، ޚިޔާލު ޝާއިއުކުރުމުގެ މިންގަނޑަށް ފެތޭ ނަމައެވެ.