Loading…
ޚަބަރު

ވާދޫން ގޯއްޗަށް އެދުނު މީހުންނަށް ޕޮއިންޓް ލިބުނު ގޮތުގެ ދާއިމީ ލިސްޓު އާންމުކޮށްފި

ވާދޫން ގޯއްޗަށް އެދުނު މީހުންނަށް ޕޮއިންޓް ލިބުނު ގޮތުގެ ދާއިމީ ލިސްޓު އާންމުކޮށްފި

ރ. ވާދޫން ބަންޑާރަ ގޯއްޗަށް އެދުނު މީހުންނަށް ޕޮއިންޓް ލިބުނު ގޮތުގެ ދާއިމީ ލިސްޓު އާންމުކޮށްފިއެވެ.

މާޅޮސްމަޑުލު އުތުރުބުރީ ވާދޫ ކައުންސިލްގެ އިދާރާއިން ބުނީ 2023 ވަނަ އަހަރު ރ. ވާދޫން ދިރިއުޅުމަށްޓަކައި ދޫކުރުމަށް ކަނޑައަޅާފައިވާ 2000 އަކަފޫޓުގެ 59 ބަންޑާރަ ގޯތި ދޫކުރުމަށް ކުރި އިޢުލާނަށް އިޖާބަދީ، ހުށަހަޅާފައިވާ ފޯމްތައް އިވަލުއޭޓްކޮށްފައިވާ ކަމަށެވެ.

އަދި އެފަރާތްތަކަށް ޕޮއިންޓް ލިބިފައިވާގޮތުގެ ވަގުތީ ލިސްޓަށް ހުށަހަޅާފައިވާ ޝަކުވާތަކަށް ބެލުމަށްފަހު ދާއިމީ ލިސްޓު އެކުލާވާލާފައިވާ ކަމަށެވެ.

މި ލިސްޓު އެ ކައުންސިލްގެ އިދާރާއީން ވަނީ ދިވެހި ސަރުކާރުގެ ގެޒެޓްގައި އާންމުކޮށްފައެވެ.

ވާދޫ ކައުންސިލުން ބުނީ، ބަންޑާރަ ގޯތި ދޫކުރުމަށް ހަމަޖެހިފައިވަނީ ގޯއްޗަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ”ރ. ވާދޫން ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރާނެ ގޮތުގެ އުޞޫލު“އާ އެއްގޮތަށް ޝަރުތުހަމަވާ ފަރާތްތަކަށް، މާރކްސް ދީ، އެންމެ މަތިން މާރކްސްލިބޭ ފަރާތްތަކަށް އިސްކަންދޭ ތަރުތީބުން ކަމަށެވެ.

ޕޮއިންޓް ލިސްޓް

އިޝްތާރާ

މި ލިޔުން ކިޔާލުމުން އިހުސާސް ކުރެވުނީ ކިހިނެއް؟

ލިޔުމަށް ޚިޔާލު ހުށަހެޅުން

  • މި ވަގުތާ ހަމައަށް އެއްވެސް ޚިޔާލެއް ނެތް

ޚިޔާލު ޝާއިޢުކުރެވޭނީ އެޑިޓަރަކު ބެއްލެވުމަށްފަހު، ޚިޔާލު ޝާއިއުކުރުމުގެ މިންގަނޑަށް ފެތޭ ނަމައެވެ.