Loading…
ޚަބަރު

މާދަމާ ފުރަތަމަ ރޯދަ، ރަމަޟާން މުބާރަކް!

މާދަމާ ފުރަތަމަ ރޯދަ، ރަމަޟާން މުބާރަކް!

އިސްލާމީ ބައެއް ގައުމުތަކަށް ރަމަޟާން މަހުގެ ހަނދު ފެނުމާއެކު މާދަމާ އަކީ މިއަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުަވަސް ކަމުގައި ސަރުކާރުން ކަނޑައަޅައިފިއެވެ.

5 ވަނަ އަހަރުގެ ރަމަޟާން މަހުގެ ހަނދު ސާބިތުކުރުމުގެ ޖަލްސާ މިހާރު ކުރިޔަށްދާއިރު އިސްލާމިކް މިނިސްޓްރީއިން ވަނީ ހަނދު ސާބިތު ކުރުމުގެ ބަޔާން ދާދި ދެންމެ އަކު އިއުލާނުކޮށްފައި އެވެ.

ހަނދު ސާބިތުކުރުމުގެ ބަޔާނުގައި ބުނެފައިވަނީ އިސްލާމީ ބައެއް ގައުމުތަކަށް ރަމަޟާން މަހުގެ ހަނދު ފެނިފައިވާކަން ޝަރުއީ ހަމަތަކުގެ ތެރެއިން ކަށަވަރުކުރެވިފައިވާތީ ރާއްޖޭގެ ހަނދު ސާބިތުކުރުމުގައި ގެންގުޅޭ އުސޫލުގެ ތެރެއިން މާދަމާއަކީ ރާއްޖެއަށް 1445 ވަނަ އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަސްކަމަށް ކަނޑައަޅާކަމަށެވެ.

ނަމަވެސް ރާއްޖޭގެ އެއްވެސް ސަރަހައްދަކަށް ހަނދު ފެނިފައިވާކަން އިސްލާމިކް މިނިސްްޓްރީއިން ހާމަކޮށްފައެއް ނުވެއެވެ

ހަނދު ފެނުނު ގައުމުތަކުގެ ތެރޭގައި ސައުދި އަރަބިއާ, ޔޫއޭއީ އަދި އޮސްޓްރޭލިއާ ހިމެނެއެވެ.

 

 

އިޝްތާރާ

މި ލިޔުން ކިޔާލުމުން އިހުސާސް ކުރެވުނީ ކިހިނެއް؟

ލިޔުމަށް ޚިޔާލު ހުށަހެޅުން

  • މި ވަގުތާ ހަމައަށް އެއްވެސް ޚިޔާލެއް ނެތް

ޚިޔާލު ޝާއިޢުކުރެވޭނީ އެޑިޓަރަކު ބެއްލެވުމަށްފަހު، ޚިޔާލު ޝާއިއުކުރުމުގެ މިންގަނޑަށް ފެތޭ ނަމައެވެ.