Loading…
ޚަބަރު

ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ރ. އަތޮޅުގެ ޗެމްޕިއަންކަން ދުވާފަރުން ހޯދައިފި

ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ރ. އަތޮޅުގެ ޗެމްޕިއަންކަން ދުވާފަރުން ހޯދައިފި

މިހާރު ކުރިއަށްދާ ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖު 2024 ގެ އަތޮޅު ބުރުގައި ރ. އަތޮޅުގެ ފައިނަލް މެޗް ދުވާފަރުން ކާމިޔާބުކޮށް އަތޮޅު ޗެމްޕިއަންކަން ހޯދައިފިއެވެ.

ހުޅުމާލޭ ރެހެންދި ފުޓްސަލް ޓާފް ދަނޑުގައި ކުޅުނު މިމެޗްގައި ދުވާފަރުން ބައްދަލުކުރީ އަލިފުއްޓާއެވެ.

މި މެޗް ދުވާފަރުން ކާމިޔާބުކުރީ 3 – 0 ގެ ނަތީޖާއަކުންނެވެ.

މި މެޗްގައި ދުވާފަރުން ގޯލްތައް ޖެހީ ރޮނާ އަދި އީސައެވެ.

ފާހަގަކޮށްލަންޖެހޭ ގޮތުގައި މިމުބާރާތުގައި މިދިޔަ އަހަރުގެ ރ. އަތޮޅު ޗެމްޕިއަންއަކީ އިނގުރައިދޫއެވެ.

ނަމަވެސް އޭގެ ކުރިން 2016 އަދި 2022 ވަނަ އަހަރު ދުވާފަރުން ވަނީ ޗެމްޕިއަންކަން ހޯދާފައެވެ.

އިޝްތާރާ

މި ލިޔުން ކިޔާލުމުން އިހުސާސް ކުރެވުނީ ކިހިނެއް؟

ލިޔުމަށް ޚިޔާލު ހުށަހެޅުން

  • މި ވަގުތާ ހަމައަށް އެއްވެސް ޚިޔާލެއް ނެތް

ޚިޔާލު ޝާއިޢުކުރެވޭނީ އެޑިޓަރަކު ބެއްލެވުމަށްފަހު، ޚިޔާލު ޝާއިއުކުރުމުގެ މިންގަނޑަށް ފެތޭ ނަމައެވެ.