Loading…
ޚަބަރު

އަލިފުށީގައި ޗައިނާގެ ހިލޭ އެހީގެ ދަށުން ފެން ޕްލާންޓެއް ގާއިމުކޮށްފި

އަލިފުށީގައި ޗައިނާގެ ހިލޭ އެހީގެ ދަށުން ފެން ޕްލާންޓެއް ގާއިމުކޮށްފި


ޗައިނާއިން ރާއްޖެއަށް ދޭ ހިލޭ އެހީގެ ދަށުން ރ.އަލިފުށި ހިމެނޭގޮތުން ފަސް ރަށެއްގައި އިއާދަކުރުވަނިވި ހަކަތަ ބޭނުންކޮށްގެން ސާފު ބޯފެން އުފައްދާ ޕްލާންޓު ގާއިމުކޮށްފިއެވެ.


ފަސް ރަށުގައި ގާއިމުކުރި ފެން ޕްލާންޓުތަކުގެ މަސައްކަތް ނިންމުމަށްފަހު، އިންފްރަސްޓްރަކްޗާ މިނިސްޓްރީގައި އޮތް ރަސްމިއްޔާތެއްގައި އެ ޕްލާންޓުތައް ދިވެހި ސަރުކާރާ ހަވާލުކުރެއްވީ ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރެވެ.

ދިވެހި ސަރުކާރުގެ ފަރާތުން މި ފެން ޕްލާންޓުތަކާ ހަވާލުވެވަޑައިގަތީ އިމާރާތްކުރުމާއި ބިނާރާބެހޭ ވަޒީރު ޑރ. އަބްދު ﷲ މުއްޠަލިބެވެ.

ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން މި ފެން ޕްލާންޓުތައް ގާއިމުކޮށްފައިވަނީ ރ. އަލިފުއްޓާއި، ޅ. އޮޅުވެލިފުއްޓާއި، ހއ. ކެލަޔާއި، ގއ. ދާންދޫގެ އިތުރުން ކ. ކާށިދޫގައެވެ.

ކާށިދޫ ފިޔަވައި ބާކީހުރި ރަށްތަކުގައި ގާއިމުކުރި ޕްލާންޓުތަކުން ދުވާލެއްގެ މައްޗަށް 200 ޓަނުގެ ފެން އުފެއްދޭނެއެވެ. އަދި އެ ޕްލާންޓުތަކުގައި ހަރުކޮށްފައިވާ ސޯލާޕެނަލްތަކަކީ 200 ކިލޯވޯޓުގެ ކަރަންޓު އުފެއްދުމުގެ ޤާބިލުކަން ހުރި ސޯލާޕެނަލެވެ.

ކާށިދޫގައި ގާއިމުކުރި ޕްލާންޓުން ދުވާލަކު 200 ޓަނުގެ ފެން އުފެއްދޭއިރު އެ ޕްލާންޓަށް ބޭނުންވާ ހަކަތައިގެ ތެރެއިން 100 ކިލޯވޮޓުގެ ކަރަންޓު އުފައްދަނީ ވިންޑް ޓާބައިންއިންނެވެ. ބާކީ 100 ކިލޯވޮޓު އުފެއްދުމަށް ސޯލާ ޕެނަލް ހަރުކޮށްފައިވެއެވެ.

އިޝްތާރާ

މި ލިޔުން ކިޔާލުމުން އިހުސާސް ކުރެވުނީ ކިހިނެއް؟

ލިޔުމަށް ޚިޔާލު ހުށަހެޅުން

  • މި ވަގުތާ ހަމައަށް އެއްވެސް ޚިޔާލެއް ނެތް

ޚިޔާލު ޝާއިޢުކުރެވޭނީ އެޑިޓަރަކު ބެއްލެވުމަށްފަހު، ޚިޔާލު ޝާއިއުކުރުމުގެ މިންގަނޑަށް ފެތޭ ނަމައެވެ.