Loading…
ޚަބަރު

ވާދޫގެ ފަގީރުންނާއި މިސްކީނުންގެ ދަފުތަރު އަދާހަމަކުރަނީ

ވާދޫގެ ފަގީރުންނާއި މިސްކީނުންގެ ދަފުތަރު އަދާހަމަކުރަނީ

ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައި އަލަށް ރަޖިސްޓަރީކުރުމަށް ފުރުސަތު މާޅޮސްމަޑުލު އުތުރުބުރީ ވާދޫ ކައުންސިލުން ހުޅުވާލައިފިއެވެ.

މާޅޮސްމަޑުލު އުތުރުބުރީ ވާދޫ ކައުންސިލްގެ އިދާރާއިން ކުރި އިއުލާނެއްގައި ބުނީ، ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައި އަލަށް ރަޖިސްޓަރީ ވުމަށް އެދޭ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

މިގޮތުން ”ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް“ ހުށަހެޅުމުގެ ފުރުސަތު  2024 ޖަނަވަރީ 14 އިން 2024 ފެބްރުއަރީ 01 ވަނަ ދުވަހުގެ 13:00 ގެ ނިޔަލަށް އެ ކައުންސިލުން ވަނީ ހުޅުވާލާފައެވެ.
           
ފޯމު ދޫކުރުމާއި ބަލައިގަތުމަށް ހަމަޖެހިފައިވަނީ 2024 ޖަނަވަރީ 14 އިން 2024 ފެބުރުވަރީ 1 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް، ރަސްމީ ވަގުތުތަކުގައި އެއިދާރާގައެވެ.

ފޯމު ހުށަހެޅުމަށް ދެވިފައިވާ މުއްދަތުގެ ފަހުން އެއްވެސް ފޯމެއް ބަލައިނުގަނެވޭނެ ކަމަށް ވާދޫ ކައުންސިލުން ވަނީ ބުނެފައެވެ.

އިޝްތާރާ

މި ލިޔުން ކިޔާލުމުން އިހުސާސް ކުރެވުނީ ކިހިނެއް؟

ލިޔުމަށް ޚިޔާލު ހުށަހެޅުން

  • މި ވަގުތާ ހަމައަށް އެއްވެސް ޚިޔާލެއް ނެތް

ޚިޔާލު ޝާއިޢުކުރެވޭނީ އެޑިޓަރަކު ބެއްލެވުމަށްފަހު، ޚިޔާލު ޝާއިއުކުރުމުގެ މިންގަނޑަށް ފެތޭ ނަމައެވެ.