މަސްވެރި އުޅަނދުތަކަށް ރެސްކިއު ޑައިވަރުން ތަމްރީން ކުރުމުގެ ޕްރޮގްރާާމް ފަށަނީ
މަސްވެރިކަމުގައި ހަރަކާތްތެރިވާ އުޅަނދުފަހަރުގެ ތެރެއިން ވައިފުޅި އަޅައިގެން ފީނައިގެން އެންދަމާ ކޮންމެ އުޅަނދަކުން އެއް ފަޅުވެރިއަކު ރެސްކިއު ޑައިވަރުކަމާ ހަމައަށް ސެޓިފައިކުރުމުގެ ޕްރޮގްރާމު ފަށަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.
ރައީސް މިނިންމެވުން ނިންމަވާފައި ވަނީ، ހޯމަ ދުވަހު އޮތް ވަޒީރުންގެ މަޖިލީހުގެ ޖަލްސާއަށް، މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން މިކަމާ ގުޅޭގޮތުން ހުށަހެޅި ކަރުދާހަށް ވަޒީރުންގެ ލަފާ ހޯއްދެވުމަށް ފަހުއެވެ.
މިކަމަކީ ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ ވެރިކަމުގެ ފުރަތަމަ 14 ހަފްތާގެ މަގުޗާޓު “ހަފުތާ 14“ގައި ހިމަނާފައިވާ ކަމެކެވެ.
ވަޒީރުންގެ ލަފަޔާއެކު، ދައުލަތުން ޚަރަދުކޮށްގެން، ކުރިއަށް އޮތް 5 އަހަރަށް ބަހާލައިގެން މިޕްރޮގްރާމު ކުރިއަށްގެންދިއުމަށް ރައީސް ވަނީ ނިންމަވާފައެވެ.
މިޕްރޮގްރާމް ކުރިއަށް ގެންދާނީ ސަރުކާރު ޤަބޫލުކުރާ މިފަދަ ތަމްރީނުތައް ހިންގާ ސެންޓަރުތަކުގައި ކަމަށް ސަރުކާރުން ބުނެއެވެ.
މަސްވެރިކަމުގައި ހަރަކާތްތެރިވާ އުޅަނދުފަހަރުގެ ތެރެއިން ވައިފުޅި އަޅައިގެން ފީނައިގެން އެންދަމާ ކޮންމެ އުޅަނދަކުން އެއް ފަޅުވެރިއަކު ރެސްކިއު ޑައިވަރުކަމާ ހަމައަށް ސެޓިފައިކުރުމުގެ ޕްރޮގްރާމު ފަށަން ރައީސް ޑރ. މުޢިއްޒު ނިންމަވާފައިވާއިރު، އެންވަތުގެ ޑިޒައިނަށް ބަދަލުގެންނަން ބޭނުންވާ މަސްވެރި އުޅަނދު ފަހަރަށް މާލީ އެހީ ދޭން ވެސް ކުރިން ވަނީ ނިންމަވާފައެެވެ.
އިޝްތާރާ
ލިޔުމަށް ޚިޔާލު ހުށަހެޅުން