Loading…
ޚަބަރު

ރ. އަތޮޅު ފުޓްސަލް ޗެލެންޖު 2023: އަލިފުށިން ފެށީ ގަދަކޮށް

ރ. އަތޮޅު ފުޓްސަލް ޗެލެންޖު 2023: އަލިފުށިން ފެށީ ގަދަކޮށް

ރ. އިންނަމާދޫގައި މިއަދު ފެށި، ރ. އަތޮޅު ފުޓްސަލް ޗެލެންޖް 2023ގެ އޯޕެނިންގ މެޗުގައި ހޯސްޓުކުރާ ރަށުގެ ޓީމާ ވާދަކޮށް ރ. އަލިފުށި ރިކްރެޝިއަނަލް ކުލަބުން ކާމިޔާބުކޮށްފިއެވެ.

މާޅޮސްމަޑުލު އުތުބުރީ އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ މިމުބާރާތުގެ ފުރަތަމަ މެޗު އަލިފުށިން ކާމިޔާބުކުރީ ރ. އިންނަމާދޫ ފުޓްސަލް ޓީމާއެކު ކުޅެ 1-2 ގެ ނަތީޖާއަކުންނެވެ.

ވާދަވެރި އަވަސް ކުޅުމެއް ފެނިގެންދިޔަ، މި މެޗުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ އަލިފުށި ޓީމުގެ އިބްރާހީމް ޝާހިދު (ޖާޒީ ނަމްބަރު 10) އެވެ.

ޗެންޕިއަން ޓީމަށް 30,000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާ މި މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ބައިވެރިވި 7 ޓީމު ދެ ގްރޫޕަކަށް ބަހާލައިގެން ކޮންމެ ގްރޫޕަކުން ވެސް އެންމެ ގިނަ ޕޮއިންޓް ހޯދާ ދެޓީމު ސެމީ ފައިނަލަށް ހޮވޭގޮތަށެވެ.

މިއަހަރުގެ މުބާރާތް އެންމެ ފުރަތަަމަ ބާއްވަން ނިންމީ ވެރިކަން ކުރާ ރަށް ރ. އުނގޫފާރުގައެވެ. ނަމަވެސް މުބާރަތް ފެށެން ކުޑަ ދުވަސްކޮޅަކަށްވެފައި ވަނިކޮށް އުނގޫފާރުން މުބާރާތް ބޭއްވެން ނެތްކަމަށް އެ ރަށު ކައުންސިލުން އެންގުމުން، އިންނަމާދޫގައި މުބާރާތް ބޭއްވުމަށް ނިންމީއެވެ. އިންނަމާދޫގައި މި މުބާރާތް ބާއްވަން ނިންމިއިރު މުބާރާތް ފެށުމަށް އޮތީ ގާތްގަނޑަކަށް ދެ ހަފްތާއެވެ.

ނަމަވެސް މިއަދު ހަވީރު މުބާރާތުގެ ކުޅުން ފެށިއިރު، އިންނަމާދޫއިން އޮތީ މި މުބާރާތަށް ވަރަށް ފުރިހަމައަށް ތައްޔާރުވެފައެވެ.

އިޝްތާރާ

މި ލިޔުން ކިޔާލުމުން އިހުސާސް ކުރެވުނީ ކިހިނެއް؟

ލިޔުމަށް ޚިޔާލު ހުށަހެޅުން

  • މި ވަގުތާ ހަމައަށް އެއްވެސް ޚިޔާލެއް ނެތް

ޚިޔާލު ޝާއިޢުކުރެވޭނީ އެޑިޓަރަކު ބެއްލެވުމަށްފަހު، ޚިޔާލު ޝާއިއުކުރުމުގެ މިންގަނޑަށް ފެތޭ ނަމައެވެ.