Loading…
ޚަބަރު

ޒުވާނުންގެ ރުއްގަނޑު ކުށްޔަށް ދޫކުރުމަށް ވާދޫ ސްކޫލުން އިޢުލާންކޮށްފި

ޒުވާނުންގެ ރުއްގަނޑު ކުށްޔަށް ދޫކުރުމަށް ވާދޫ ސްކޫލުން އިޢުލާންކޮށްފި

ޒުވާނުންގެ ރުއްގަނޑު ކުށްޔަށް ދޫކުރުމަށް ރ. ވާދޫ ސްކޫލުން އިޢުލާންކޮށްފިއެވެ.

ވާދޫ ސްކޫލުން ކުރި އިޢުލާނެއްގައި ބުނީ، އެ ސްކޫލްގެ ޕީ.ޓީ.އޭއިން ބަލަހައްޓަމުންދާ ޒުވާނުންގެ ރުއްގަނޑު އެއް އަހަރު ދުވަހުގެ މުއްދަތަށް ކުށްޔަށް ދޫކުރަން ނިންމާފައިވާ ކަމަށެވެ. ޒުވާނުންގެ ރުއްގަނޑު ކުށްޔަށް ދޫކުރާނީ ބީލަން އުސޫލުން އެންމެ މަތީ އަގެއް ހުށަހަޅާ ފަރާތަކަށް ކަމަށްވެސް އެ އިޢުލާންގައި ވަނީ ބުނެފައެވެ.

އެހެންކަމުން މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން މިހިނގާ މަހުގެ 11 ވަނަ ދުވަހުގެ 11:00ގެ ކުރިން ސްކޫލަށް ހާޒިރުވެ އަގު ބަޔާންކުރާ ސިޓީ ހުށަހެޅުމަށް ވާދޫ ސްކޫލުން ވަނީ އެދިފައެވެ.

ސިޓީ ކަރުދާސް ބަންދުކުރެވިފައިވާ އުރައިގެ ބޭރުގައި ”ޒުވާނުންގެ ރުއްގަނޑު ކުށްޔަށް ހިފުމަށް އެދި“ މިފަދައިން ލިޔެފައި އޮންނަން ވާނޭ ކަމަށް ވެސް ވާދޫ ސްކޫލުންވަނީ ބުނެފައެވެ.

 

އިޝްތާރާ

މި ލިޔުން ކިޔާލުމުން އިހުސާސް ކުރެވުނީ ކިހިނެއް؟

ލިޔުމަށް ޚިޔާލު ހުށަހެޅުން

  • މި ވަގުތާ ހަމައަށް އެއްވެސް ޚިޔާލެއް ނެތް

ޚިޔާލު ޝާއިޢުކުރެވޭނީ އެޑިޓަރަކު ބެއްލެވުމަށްފަހު، ޚިޔާލު ޝާއިއުކުރުމުގެ މިންގަނޑަށް ފެތޭ ނަމައެވެ.