ވާދޫގައި މިއަހަރުގެ ބޮޑު ޢީދުވެސް ފާހަގަކުރާނެ
މި އަހަރުގެ އަލްހާ ޢީދު ފާހަގަކުރުމަށްވެސް ރ. ވާދޫގައި ކުޅިވަރުތަކާއި ހަރަކާތްތައް އޮންނާނެއެވެ.
އެހެން އަހަރުތަކާ ޚިލާފަށް މި އަހަރުގެ އަލްހާ ޢީދާ ގުޅިގެން ކުރިއަށްގެންދާނެ ހަރަކާތްތައް ނުވަތަ ޢީދު ތާވަލު މާޅޮސްމަޑުލު އުތުރުބުރީ ވާދޫ ކައުންސިލްގެ އިދާރާއިން ދުރާލާ އާންމުކޮށް އިޢުލާންކޮށްފައި ނުވި ނަމަވެސް ޢީދު ފާހަގަކުރާނެކަން އިތުބާރުހުރި މަސްދަރުތަކުން ވަނީ ރ. ވާދޫ ލައިވްއަށް ކަށަވަރުކޮށްދީފައެވެ.
ކުޅިވަރުތަކާއި ހަރަކާތްތަކުގެ ތަފްސީލް ކުރިއަށް ހުރި ޚަބަރުތަކުގައި ކިޔުންތެރިންނަށް ހިއްސާކުރާނަމެވެ.
ވާދޫގައި ކޮންމެ ބޮޑު ޢީދަކުވެސް މައިގަނޑު ކުޅިވަރެއްގެ ގޮތުގައި ކޯޑިކުޅުމާއި ތަކުރުހިންގުމުގެ އިތުރުން ޖަންގަލީ ޕެރޭޑް، ފެންކުޅި އަދި ޢީދު ސްޓޭޖް ޝޯވް އޮވެއެވެ.
ކުރީ އަހަރުތަކޭ އެއްގޮތަށް މި އަހަރުގެ ބޮޑު ޢީދަށް ރަަށަށް އަރާ މީހުންގެ އަދަދު ވެސް ގިނަވާނެ ކަމަށް އަންދާޒާ ކުރެވެއެވެ.
ޢީދު ފާހަގަކުރުމާއި ގުޅޭ ގޮތުން ވާދޫ ކައުންސިލުން ރަސްމީ ބަހެއް ހޯދުމަށް ކުރި މަސައްކަތް ކާމިޔާބުވާ ގޮތެއް ނުވެއެވެ.
އިޝްތާރާ
ލިޔުމަށް ޚިޔާލު ހުށަހެޅުން