Loading…
ފޮޓޯ ފީތާ

ފޮޓޯ: ވާދޫ އާއި ރެދަނުގެ ހިތްގައިމުކަން

ފޮޓޯ: ވާދޫ އާއި ރެދަނުގެ ހިތްގައިމުކަން

ފޮޓޯތަކުން ތިޔަ ފެނިގެންދަނީ ރ. ވާދޫ ގޮނޑޮދޮށުގައި 2022 ވަނަ އަހަރުގެ ޑިސެމްބަރު މަހު ރެދަންލާފައިވާ މަންޒަރެވެ. މިގެލަރީގައި ހުރި ފޮޓޯތަކުގެ ހައްގުވެރި ފަރާތަކީ އުނައިޝް މުޙައްމަދު (ޓައުން ކެރެޓޭ)އެވެ. މި މަންޒަރު އެންމެ ރީއްޗަށް ފެންނަނީ ވާދޫގެ ހުޅަނގު ފަރާތު ގޮނޑުދޮށުންނެވެ.

ރާއްޖޭގައި ރެދަންލުމަށް ނަން މަޝްހޫރު ވާދޫގެ ގޮނޑުދޮށްތަކުގެ ވާހަކަ ހާއްސަކޮށް 2013 ވަނަ އަހަރުން ފެށިގެން ދަނީ މީޑިއާގެ ފަލަ ސުރުޚީތަކުން ޖާގަ ހޯދަމުންނެވެ.

ބައިނަލްއަޤްވާމީ މީޑިއާގެ ސަމާލުކަން ވެސް މި ރަށަށް ލިބިފައި ވެއެވެ. ރ. ވާދޫ ގޮނޑުދޮށުގައި ރެދަން ލާފައިވާ ހިތްގައިމު ފޮޓޯތައް ބޭރު ދުނިޔޭގެ ނޫސްތަކުންނާއި އެހެނިގެން މަންސަތަކުން ފެންނަން އެބަ ހުއްޓެވެ. ބޮޑެތި ޓްރެވެލް ސައިޓްތަކުގައި ވެސް މި ވާހަކަ އެބަ އޮތެވެ. މީގެ އަހަރުތަކެއް ކުރިން 2014 ވަނަ އަހަރު ސީއެންއެންގެ ޓްރެވަލް އެޑިޝަނުގައި ވެސް ރ. ވާދޫ ވަނީ ފީޗާކޮށްފައެވެ.

އިޝްތާރާ

މި ލިޔުން ކިޔާލުމުން އިހުސާސް ކުރެވުނީ ކިހިނެއް؟

ލިޔުމަށް ޚިޔާލު ހުށަހެޅުން

  • މި ވަގުތާ ހަމައަށް އެއްވެސް ޚިޔާލެއް ނެތް

ޚިޔާލު ޝާއިޢުކުރެވޭނީ އެޑިޓަރަކު ބެއްލެވުމަށްފަހު، ޚިޔާލު ޝާއިއުކުރުމުގެ މިންގަނޑަށް ފެތޭ ނަމައެވެ.