Loading…
ޚަބަރު

ވާދޫ މެޖިސްޓްރޭޓް ކޯޓުގައި ފުރަތަމަ ފަހަރަށް ޖުޑިޝަރީގެ ދިދަ ނަގައިފި

ވާދޫ މެޖިސްޓްރޭޓް ކޯޓުގައި ފުރަތަމަ ފަހަރަށް ޖުޑިޝަރީގެ ދިދަ ނަގައިފި

ރ. ވާދޫ މެޖިސްޓްރޭޓް ކޯޓުގައި ފުރަތަމަ ފަހަރަށް ދިވެހިރާއްޖޭގެ ޝަރުޢީ ދާއިރާގެ ދިދަ ނަގައިފިއެވެ.

ވާދޫ މެޖިސްޓްރޭޓް ކޯޓުގައި ޝަރުޢީ ދާއިރާގެ ދިދަ ނެންގެވީ، ރ. އަނގޮޅިތީމު މެޖިސްޓްރޭޓް ކޯޓުގެ އާ އިމާރާތް ހުޅުވައިދެއްވުމަށްޓަކައި ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު ރ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި ރ. ވާދޫ މެޖިސްޓްރޭޓް ކޯޓަށް ކުރެއްވި ޒިޔާރަތުގައެވެ.

މިދަތުރުގައި ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރުގެ އަރިހުގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު އަދި ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ އަލްއުސްތާޛާ ޢާއިޝަތު ރިޒްނާ ބައިވެރިވެވަޑައިގެންނެވިއެވެ.

 

އިޝްތާރާ

މި ލިޔުން ކިޔާލުމުން އިހުސާސް ކުރެވުނީ ކިހިނެއް؟

ލިޔުމަށް ޚިޔާލު ހުށަހެޅުން

  • މި ވަގުތާ ހަމައަށް އެއްވެސް ޚިޔާލެއް ނެތް

ޚިޔާލު ޝާއިޢުކުރެވޭނީ އެޑިޓަރަކު ބެއްލެވުމަށްފަހު، ޚިޔާލު ޝާއިއުކުރުމުގެ މިންގަނޑަށް ފެތޭ ނަމައެވެ.