Loading…
އަތޮޅު

ހަލިކޮށް ކޯވިޑް-19 ފެތުރޭތީ، ރ. އަތޮޅުގެ 3 ރަށަކަށް އަރައިފޭބުން މަނާކޮށްފި

ހަލިކޮށް ކޯވިޑް-19 ފެތުރޭތީ، ރ. އަތޮޅުގެ 3 ރަށަކަށް އަރައިފޭބުން މަނާކޮށްފި

ހަލިކޮށް ރ. އަތޮޅުގައި އަނެއްކާ ވެސް ކޯވިޑް-19 ފެތުރޭތީ، 3 ރަށަކަށް އަރައިފޭބުން މަނާކޮށް މޮނިޓަރިންއަށް ލައިފިއެވެ.

ހެލްތް ޕްރޮޓެކްޝަން އޭޖެންސީން (އެޗްޕީއޭ) އިން މޮނީޓަރިންއަށް ލާފައިވަނީ ރ. އިންނަމާދޫ، ރ. މީދޫ އަދި ރ. މަޑުއްވަރީއެވެ.

މި ރަށްތަކުގެ އިތުރުން ރ. އަލިފުށި، ރ. އުނގޫފާރު، ރ. ދުވާފަރު، ރ. ރަސްމާދޫން ވެސް ވަނީ ކޯވިޑް-19 އަަށް ބަޔަކު ފައްސިވެފައެވެ. އެހެން ނަމަވެސް އެރަށްތައް އަދި މޮނިޓަރިންއަށް ލާފައެއް ނުވެއެވެ.

ރ އަތޮޅުން އަރައިފޭބުން މަނާކުރި 3 ރަަށަށް ބަލާއިރު، މަޑުއްވަރިން ރޯގާގެ އަލާމާތް ފެނިގެން މިދިޔަ ހޮނިހިރު ދުވަހު ނެގި ސުންކެއް ވަނީ ކޯވިޑް-19 އަށް ފައްސިވެފައެވެ. މިއާއެކު މިހާރު އެރަށުގައި ބަލި ޖެހިފައި 7 މީހަކު އެބަ ތިއްބެވެ.

މީދޫ ހެލްތް ސެންޓަރުން އާއްމު ކުރި މައުލޫމާތުން އެނގޭ ގޮތުގައި އެރަށުން ޖުމްލަ ނެގި 74 ސުންކެއްގެ ތެރެއިން 15 ސުންކެއް ވަަނީ ކޮވިޑަށް ފައްސިވެފައެވެ. ފައްސިވި މީހުންގެ ތެރޭގައި ހިމެނެނީ ބަލީގެ އަލާމާތްތައް ފެނިގެން ނެގި 4 ސުންކަކާއި، ވަކި ތަރުތީބެއް ނެތި ނެގި 5 ސުންކަކަކާއި، ފައްސިވި މީހުންނާއި ގާތުން އެއްތާވި މީހުންގެ މެދުގައި ނެގި ސުންކުތަކުގެ ތެެރެއިން ފައްސިވި 6 މީހެކެވެ.

އިތުރު ތަފުސިލު އަންނަނީ…

އިޝްތާރާ

މި ލިޔުން ކިޔާލުމުން އިހުސާސް ކުރެވުނީ ކިހިނެއް؟

ލިޔުމަށް ޚިޔާލު ހުށަހެޅުން

  • މި ވަގުތާ ހަމައަށް އެއްވެސް ޚިޔާލެއް ނެތް

ޚިޔާލު ޝާއިޢުކުރެވޭނީ އެޑިޓަރަކު ބެއްލެވުމަށްފަހު، ޚިޔާލު ޝާއިއުކުރުމުގެ މިންގަނޑަށް ފެތޭ ނަމައެވެ.