Loading…
ޚަބަރު

ފުރަތަމަ ފަހަރަށް ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތުގައި ވާދު އަށް ނިސްބަތްވާ ކުދިންތަކެއް ވާދަކުރަނީ!

ފުރަތަމަ ފަހަރަށް ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތުގައި ވާދު އަށް ނިސްބަތްވާ ކުދިންތަކެއް ވާދަކުރަނީ!

ކީރިތި ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތަށް ފުރަތަމަ ފަހަރަށް ރ. ވާދު އަށް ނިސްބަތްވާ ކުދިންތަކެއް ހޮވިއްޖެއެވެ.

މިއީ ތާރީޚުގައި ވެސް ވާދޫގެ ކުދިންތަކެއް މުބާރާތުގައި ވާދަކުރާ ފުރަތަމަ ފަހަރެވެ. މިހާ ތަނަށް ލިބިފައިވާ މަޢުލޫމާތަށް ބަލާއިރު ވާދު އަށް ނިސްބަތްވާ 3 ކުދިން މުބާރާތުގައި ވާދަކުރާނެއެވެ.

މުބާރާތަށް ހޮވުނު ކުދިންގެ ވަނަވަރު

  • އިޒްހާން އަބްދުލް މަތީން، މާއިރާ/ ރ. ވާދޫ
  • ބަލްމާ އަޙުމަދު، އަތަމާގެ/ ރ. ވާދޫ
  • ބާސިލް އަޙުމަދުު، އަތަމާގެ/ ރ. ވާދޫ
އިޒްހާން އަބްދުލް މަތީން

އިޒްހާން މި މުބާރާތައް ހޮވުނީ ތިރީހާ ޤުރުއާން ކުލާހުންނެވެ. އަދި ބާސިލް ހޮވިފައި ވަނީ ހުޅުމާލޭ ރެހެންދި ސްކޫޅުންނެވެ. މީގެ އިތުރުން، ބަލްމާ ހޮވިފައި ވަނީ ހުޅުމާލޭ ހުރަވީ ސްކޫލުންނެވެ.

ކީރިތި ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތަށް ހޮވަނީ އޯޑިޝަން ބާއްވައިގެން ވަކި މިންވަރަކުން ފާސްވާ ކުދިންނެވެ.

މި އަހަރުގެ މުބާރާތަކީ ކީރިތި ޤުރްއާން ކިޔެވުމުގެ 34 ވަނަ ޤައުމީ މުބާރާތެވެ.

އެޓޭޗްމަންޓް: ކީރިތި ޤުރްއާން ކިޔެވުމުގެ 34 ވަނަ ޤައުމީ މުބާރާތުގެ ގަވާއިދު

އިޝްތާރާ

މި ލިޔުން ކިޔާލުމުން އިހުސާސް ކުރެވުނީ ކިހިނެއް؟

ލިޔުމަށް ޚިޔާލު ހުށަހެޅުން

  • މި ވަގުތާ ހަމައަށް އެއްވެސް ޚިޔާލެއް ނެތް

ޚިޔާލު ޝާއިޢުކުރެވޭނީ އެޑިޓަރަކު ބެއްލެވުމަށްފަހު، ޚިޔާލު ޝާއިއުކުރުމުގެ މިންގަނޑަށް ފެތޭ ނަމައެވެ.