މުޙްސިން ދޮންބެ މި ފަހަރު އުފެއްދީ ގަސްކާނާ މެޝިނެއް!
އަބްދުލް މުޙްސިން (މަލަސް/ ރ. ވާދޫ)، އާންމު ނަމުން ނަމަ ”މުޙްސިން ދޮންބެ“އަކީ ވަރަށް ފަންނުވެރި މީހެކެވެ.
އަމިއްލަ ގޭގައި، ފުޅާދާއިރާއްގައި ފައިބަރު ބޮޑުބެރު އުފައްދައި އޭގެ ވިޔަފާރި ކުރަމުން އައި މުޙްސިން ދޮންބެއަކީ އުފެއްދުންތެރި ހީވާގި މަސައްކަތްތެރިއެއް ކަމާމެދު ވާދޫގެ ރައްޔިތުން ހެކިވާނެއެެވެ.
އެކަމަކު މި ފަހަރު ބޮޑުބެރުގެ ވާހަކައެއް ނޫނެވެ. މުޙްސިން ދޮންބެ އުފެއްދި composting tumbler ނުވަތަ ގަސްކާނާ އުފައްދާ މެޝިނުގެ ވާހަކައެވެ. މީގެ މެޝިން މަސައްކަތް ކުރާ ގޮތް ބުނެދިނުމުން އަމިއްލަ އަށް އެ މަސައްކަތް ނިންމާލީ އެންމެ 6 ގަޑިއިރު ތެރޭގައި ކަމަށް ޓްވިޓާގައި ވީޑިއޯ ހިއްސާކުރި މީހަކު ލިޔެފައި ވެއެވެ.
R.Vaadhoo , Malas , Abdul Muhusin Ali ( Muhusin Dhonbe ) akee hunaruveri masakai therieh. @LiyaaKujjaa @Vaadhoo_Live @vaadhootours @MoFMRAmv @DrHussainHassan https://t.co/Pdcn1N73eO
— Mohamed Shafeeq (@MShafeeq_7708) August 18, 2021
އެ ޓްވީޓަށް ރައްދުދިން ގިނަ ބަޔަކު ވަނީ އެ މަސައްކަތަށް ތަޢުރީފު ކޮށްފައެވެ. އަދި ދިވެހިންގެ މި ފަދަ މަސައްކަތްތައް ބަލައިގަންނަ ކަމަށް ބުނެ ހިތްވަރު ދީފައެވެ.
މުޙްސިން ދޮންބެއަކީ ރަށުން ލިބެން ހުރި ތަކެތި ބޭނުންކޮށްގެން ފަންނުވެރި މަސައްކަތްތަކެއް ކުރަމުން އަންނަ ފަރާތަކަށް ވާއިރު، މި ފަދަ މީހުންނަށް ސަރުކާރުތަކުން އެހީތެރިކަން ފޯރުކޮށްދީ ހިތްވަރު ދީފި ނަމަ، ދިވެހި އުފެއްދުންތެރިކަން އިތުރުވެ ގައުމަށް ނަފާ ވެގެންދާނެ ކަމަށް ގިނަ ބަޔަކު ގަބޫލު ކުރެއެވެ.
އިޝްތާރާ
ލިޔުމަށް ޚިޔާލު ހުށަހެޅުން