Loading…
ޚަބަރު

ޢީދު ކުޅިވަރުގައި ދަރިވަރުން ބައިވެރިކުރުމުގެ ހުއްދަ ދެވެން ނެތް: ރ. ވާދޫ ސްކޫލް

ޢީދު ކުޅިވަރުގައި ދަރިވަރުން ބައިވެރިކުރުމުގެ ހުއްދަ ދެވެން ނެތް: ރ. ވާދޫ ސްކޫލް

ކޯވިޑް-19ގެ މި ހާލަތުގައި ޢީދު ކުޅިވަރުގައި ދަރިވަރުން ބައިވެރިކުރުމުގެ ހުއްދަ ދެވެން ނެތް ކަމަށް ރ. ވާދޫ ސްކޫލުން ބުނެފިއެވެ.

ވާދޫ ސްކޫލުގެ ބަޔާނެއްގައި ބުނީ، މި އަހަރުގެ އަލްޙާ ޢީދާ ގުޅިގެން ވާދޫގައި ކުރިއަށް ގެންދެވޭ ކުޅިވަރުތަކާއި ހަރަކާތްތަކަށް އެޗްޕީއޭގެ އުސޫލުތަކާ ހިލާފަށް ދަރިވަރުން ބައިވެރި ނުކުރުމަށާއި ކޯވިޑް-19ން ދަރިވަރުން ރައްކާތެރި ކުރުމަށް ހާއްސަ ސަމާލު ކަމެއް ދިނުމަށް ސުކޫލުން އިލްތިމާސް ކުރާ ކަމަށެވެ.

ވާދޫ ސްކޫލްގެ ބަޔާނުގައި ބުނީ، މި ހާލަތުގައި ޢީދު ހަރަކާތްތަކުގައި ދަރިވަރުން ބައިވެރި ކުރުމަށް ހުއްދައަށް އެދުނު ނަމަވެސް އެ ފުރުސަތު ދެވެން ނެތް ކަމަށެވެ،

ރ. ވާދޫގެ ކޯވިޑް-19ގެ ހާލަތަށް ބަލާއިރު، ވާދޫގައި އޮތީ އާންމު ހާލަތެވެ. އަދި ބަލިޖެހިފައިވާ އެއްވެސް މީހަކު މި ވަގުތު ރަށުގައި ނެތެވެ.

އިޝްތާރާ

މި ލިޔުން ކިޔާލުމުން އިހުސާސް ކުރެވުނީ ކިހިނެއް؟

ލިޔުމަށް ޚިޔާލު ހުށަހެޅުން

  • މި ވަގުތާ ހަމައަށް އެއްވެސް ޚިޔާލެއް ނެތް

ޚިޔާލު ޝާއިޢުކުރެވޭނީ އެޑިޓަރަކު ބެއްލެވުމަށްފަހު، ޚިޔާލު ޝާއިއުކުރުމުގެ މިންގަނޑަށް ފެތޭ ނަމައެވެ.