ރ. ދުވާފަރު 7 ދުވަހުގެ ފުރަ ބަންދަކަށް!
ކޯވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް ރ. ދުވާފަރުގައި އަޅާފައިވާ ފިޔަވަޅުތައް ވަރުގަދަކޮށް، މިއަދުން ފެށިގެން 7 ދުވަހުގެ މުއްދަކަށް އެ ރަށް ފުރަބަންދުކުރުމަށް ނިންމައި އެކަން ތަންފީޛުކުރަން ފަށައިފިއެވެ. މި ގޮތަށް ނިންމާފައި ވަނީ ރ. ދުވާފަރު ޓާސްކް ފޯހުންނެވެ.
7 ދުވަހުގެ މުއްދަތަށް ރަށަސް އަރައި ނުފޭބޭ ގޮތް ހެދުމާއެކު 24 ގަޑިއިރަށް އެ ރަށުގައި ވަނީ ކާފިއު އިއުލާންކޮށްފައެވެ. ނަމަވެސް، ކޮންމެ ގޭބިސީއަކަށް ފާސް ދޫކޮށްގެން ވިޔަފާރި ކުރުމުގެ ފުރުސަތު ދެވޭނެ ކަމަށް ރ. ދުވާފަރު ކައުންސިލުން ބުނެއެވެ. ކައުންސިލުން ބުނެފައިވާ ގޮތުގައި ފާސް އޮތް ނަމަވެސް، ބޭރުގައި އުޅެވޭނީ ހެނދުނު 08:00 އިން މެންދުރު ފަހު 12:00އާ ހަމައަށެވެ.
އެ ނޫން ވަގުތުތަކުގައި ވިޔަފާރިތަކަށް ޑެލިވަރީގެ ޚިދުމަތް ދެވޭނެއެވެ.
އިޝްތާރާ
ލިޔުމަށް ޚިޔާލު ހުށަހެޅުން